ޙަބަރު

ރޯދަ ހަދިޔާގެ ގޮތުގައި 26،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ރޯދަ ހަދިޔާގެ ގޮތުގައި 26،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

ރޭގެ ނިޔަލަށް ރޯދަ ހަދިޔާގެ ގޮތުގައި 26،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖޭގައި ރޯދަ ހަދިޔާ ބެހުން ކުރިއަަށްދާއިރު މާލޭގައި ރޭގެ ނިޔަލަށް 26,739 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަސްދަޅު ކޭސް ބަހަން ކަނޑައެޅިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 8:30 އިން 11:00 އަށެވެ. އަދި މިމަހުގެ11 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހާނެއެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

– މިފްކޯ މަރުކަޒު
– ސޯޝަލް ސެންޓަރ
– އެމްޓީސީސީ ސޯ މިލް
– ހެންވޭރު ބޯޅަ ދަނޑު
– ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް

ޝެއާ

ކޮމެންޓު