ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 99 / 179

ޙަބަރު

ކ.ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި އެވެ. ކ.ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ހެލްތ،ު އަބްދުالله ނާޒިމް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ހުރިހާ ދާއިރާއެއްގެ މަޖްލިސް މެންބަރު އަނާރާ ނައީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އާއި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި މަޝްރޫއުގެ ދަށުނ،ް 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް އެޅުމަށް […]

ޙަބަރު

ބޯހިޔާވަހިކަމުގެ އައު އުސޫލުތައް ހަދާފައި ވާނީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށް ހައުސިން މިނިސްޓަރީއިން ބުނެފިއެވެ. ހައުސިން މިނިސްޓަރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބިމާއި ޕްލެޓްއަށް ހުށައެޅުމުގެ ގަވާއިދުތަކަށް އިސްލާހު ގެނެސްފައި ވާނީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށަހެޅި ހިޔާލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން އުސޫލުތަކަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އެމީހެއްގެ 18 […]

ޙަބަރު

ސަރުކާރުގެ ހިޔާވެހި ސްކީމްގެ ދަށުން ހުޅުމާލޭގައި އެފޯޑަބަލް ހައުސިންގް ޕްރޮޖެކްޓުތަކެއް އެޅުމަށް ކޮންޓްރެކްޓު ހަވާލުކޮށްފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ހުޅުމާލޭގައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް […]

ޙަބަރު

ރާއްޖޭގެ ހުރިހާ ޕޯއްޓްތަށް ޑިފެންސް މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރަށްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ޕޯއްޓްތަށް މިނިސްޓްރީ އޮފް ޑިފެންސްގެ ދަށަށް ބަދަލުކޮށް، “އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް”ގެ ނަން “އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް”ގެ ނަމަށް ބަދަލުކުރަށްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެމަނިކުފާނު މި ބަދަލު ގެންނެވީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ […]

ޙަބަރު

ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އަދި އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދެވެ. މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި […]

ޙަބަރު

އެމްއެމްއޭ ކުރިމަތީގައި އުޅަނޑުފަހަރު ބޭއްވޭނީ ގިނަވެގެން 10 ދުވަސް ވަންދެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. ބޮޑުތަކުރުފާނުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެމްޕީއެލް އިން ވަނީ ކަނޑުއުޅަނދުތަކަށް އެމްއެމްއޭ ކުރިމަތީގައި ވަގުތީގޮތުން އެޅުމަށް ހަމަޖައްސާފައެވެ. އެހެންކަމުން، މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލެ ނޯތު ހާބަރުގެ ހުއްދަ ލިބިގެންނެވެ. އޭގެއިތުރުން، އެމްޕީއެލް އިން ބުނި ގޮތުގައި މި ސަރަހައްދުގައި ކަނޑުއުޅަދުފަހަރު ބޭއްވޭނީ އެންމެ ގިނަވެގެން 10 ދުވަސް […]

ޙަބަރު

ފްލެޓް ނުވަތަ ގޯއްޗަށް އެޕްލައި ކުރާ މީހާ މާލޭން ބޭރުގަ އުޅުނަމަވެސް، އެމީހާގެ އާއިލާގެ މެންބަރުން މާލޭގައި ދިރިއުޅޭ ނަމަ ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ. އެ މިނިސްޓްރީން ރޭ ވަނީ ފްލެޓާއި ގޯއްޗާއި ކުރިމަތިލެވޭނެ ގޮތުގެ އުސޫލުތަށް އާންމުކޮށްފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ވަނީ ދެ ކެޓަގަރީއަކަށް ބަލާލާފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ […]

ޙަބަރު

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ލިބެނީ ހަމައެކަނި ރަސްމާލެއިން ކަމަށް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ރޭ ވަނީ ގޯއްޗާއި ފްލެޓު ދޫކުރާ އުސޫލު އާންމުކޮށްފަ އެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ވަނީ ދެ ކެޓަގަރީއަކަށް ބަލާލާފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނާއި މާލޭގެ ރަށްވެހިންނެވެ. މީގެތެރެއިން މާލޭގެ ރަށްވެހިންނަށް ގޯތި […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން އިއްޔެ 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ. އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން އިއްޔެ 22,142 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. ހަމަމިއާއެކު ޑޮމެސްޓިކް ޓާމިނަލުން އިއްޔެ ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. މީގެތެރެގައި، މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުން […]

ޙަބަރު

ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްގެ (އައިއެސް)ގެ ޕްރޮޕެގެންޑާ ފެތުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަދަބު ކަނޑައަޅައިފި އެވެ. ހޫދު މުހައްމަދު ޒާހިރު ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތައް ބޭނުން ކޮށްގެން ތަފާތު އެކި ދުވަސްތަކުގައި ގިނަ ފޭކް އެކްއުންޓްތައް ހަދައި، އައި.އެސް.އައި.އެސް އާ ގުޅުންހުރި މައުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި ފަތުރާފައެވެ. އެގޮތުން އައި.އެސް.އައި.އެސް ޖަމާއަތުން ކުރަމުންދާ ނޭއްގާނީ އަމަލުތަކާއި ގުޅޭ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، […]

ޙަބަރު

ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މީހުންގެ ވަނަވަރު މިއަދު ފުލުހުން ހާމަކޮށްފި އެވެ. ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، […]

ޙަބަރު

ސޯޝަލް ހައުސިން ޔުނިޓަތަކުގެ ކުލި ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ފްލެޓް ލިބޭ މީހާގެ ދިރިއުޅޭ ހާލަތަށް ބަލާފައި ކަމަށް ހައުސިން މިނިސްޓާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ރާއްޖޭގައި މިހާރު ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ކަނޑައަޅަނީ “ބްލެންކެޓުކޮށް” ނުވަތަ އެންމެންނަށް އެއް އުސޫލަކުން އެއް އަގެއްގައި ކަމަށެވެ. އެހެންކަމުން، މިއީ ކުލި ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އެ ފަރާތްތަކަށް […]