ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 41 / 179

ޙަބަރު

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މީޓިއޮރޮލޮޖިކަލް (ވައިގެ ދަތުރުފަތުރާ ބެހޭ މޫސުމީ) ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި އައު ޚިދުމަތުގެ ސަބަބުން، އަހަރުގެ އެކި ދުވަސްވަރު ޕްރައިވެޓް ޖެޓްތައް އެންމެ ގިނައިން ޖައްސާ ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މޫސުން ލަފާކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ އެވެ. މެޓުން ބުނިގޮތުގައި، މާފަރު އެއާޕޯޓުގައި މި ޚިދުމަތް ފެށުމަކީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ މޫސުމީ އެހީތެރިކަން ފުޅާކުރުމަށް ލިބުނު ބޮޑު […]

އަޕްޑޭޓު
ޙަބަރު

މަރާމާތަށް ބަންދުކޮށްފައި އޮތް މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު،މަސައްކަތް ނިންމުމަށް ފަހު އަލުން އާންމުންނަށް ހުޅުވައިފިއެވެ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި ސަރަޙައްދު ބަންދުކުރަން ޖެހުނީ ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެ، ގިރަމުންދިޔަ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ. މި މަޝްރޫޢު އެމްޓީސީސީން ކުރިއަށްގެންދިޔައީ ގިރުމުގެ މައްސަލައާއި އުތުރު ފަރާތުން ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދައިދެވޭނެ ފަދަ އައު ޑްރެއިނޭޖް ސިސްޓަމަކާއެކުގައެވެ. […]

އަޕްޑޭޓު
ޙަބަރު

ދ. މީދޫ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ސުހާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ 529 ވޯޓުންނެވެ.އޭނާއާ ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓުވެ. ސުހާ މި ގޮނޑި ކާމިޔާބު ކުރެއްވީ 80 ވޯޓުގެ ތަފާތަކުންނެވެ. މި […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އެހެނިހެން ޚިދުމަތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އިތުރު ލިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. މިގޮތުން ގެނެވުނު ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންހުށަަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ނިޒާމީ ބަދަލަކީ […]

ޙަބަރު

އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗުގެ ތަމްރީނުވެ ނިމިއްޖެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 […]

ޙަބަރު

ވޭތުވެދިޔަ ހަފުތާގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވި ބަލިމީހުން އުފުލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ޖުމްލަ 71 މެޑިކަލް އިވެކުއޭޝަން ދަތުރުކޮށްފިއެވެ. އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކާއި ސީ އެމްބިއުލާންސް ޚިދުމަތް ގުޅިގެންނެވެ.މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ދަތުރުތައް ކޮށްދީފައިވަނީ ކޯސްޓްގާޑުގެ ފަސްޓް ސްކޮޑްރަންއިންނެވެ. އެއީ ޖުމްލަ 48 ދަތުރެވެ. މީގެ އިތުރުން […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ސިވިލް ސަރވިސް ކޮމިޝަން އިން އިންތިޒާމުކޮށްގެން ބާއްވާ 5 ވަނަ “ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026 ފަށައިފިއެވެ. “ފިއުޗަރ – ރެޑީ ރެސްޕޮންސިވް ގަވަރނަންސް” ގެ ޝިޢާރުގެ ދަށުން ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ ޖޫން 15 ގެ ނިޔަލަށެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ނިޒާމުން ކޮރަޕްޝަން ނައްތާލުމުގައި […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް ވެރިޔާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަރީރު، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް ޢައްޔަން ކުރެއްވުމާ ގުޅިގެން އޭނާ ވަނީ މީރާގެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު […]

އަޕްޑޭޓު
ޙަބަރު

ފީފާ ވޯލްޑް ކަޕް ހިލޭ ދެއްކުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގެ ކޯ-ސްޕޮންސަރަކަށް އެމްޕީއެލް ވެއްޖެއެވެ. އެމްޕީއެލް އިން ބުނީ ފީފާ ވޯލްޑް ކަޕް 2026 މުޅި ރާއްޖެއަށް ހިލޭ ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަނޑައަޅާފައިވާ އަޒުމަށް އެއްބާރުލުންދީ، މި ކަވަރޭޖްގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަޚުރެެއްކަމަށެވެ. ރާއްޖެ ހިމެނޭހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށް މި ފޯރިގަދަ މެޗުތައް ފަސޭހަކަމާއެކު، ހިލޭ ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕަބްލިކް ސާވިސް […]

އަޕްޑޭޓު
ޙަބަރު

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް މީޑިއާގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތަކުގެ ޙުކުމް އިއްވުމުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، އޭނާ ވަނީ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ހޯމް […]

ޙަބަރު

ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ “ސީ-ޓު-އެއަރ ކާގޯ” ޚިދުމަތުގެ ދަށުން، ނިމިދިޔަ މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ތެރޭގައި ޖުމްލަ 29 ޓީއީޔޫ ގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވައިފައެވެ. މި މުދާތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ […]

ޙަބަރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފީފާ ވޯލްޑް ކަޕް 2026 ގެ ބްރޯޑްކާސްޓިންގ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ސިނާން ޢަލީއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބުއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޙުސައިން ނައުފަލް ނާޞިރު ވެސް […]