ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 22 / 179

ޙަބަރު

“މާލޭ ޓެކްސީ ލައިން” އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސްއަށް ވަދެ، ހުއްދަނެތި މައުލޫމާތު ބަދަލުކޮށް ސްކްރީންޝޮޓްތައް ލީކުކުރި މުވައްޒަފުގެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަޙުޤީޤުކޮށްދިނުމަށް އެމްޓީސީސީން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ. އެ ކުންފުނިން ބުނީ އަމިއްލަ އަދި ސިޔާސީ ބޭނުމަކަށްޓަކައި ކަސްޓަމަރުންނާއި ޑްރައިވަރުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މުވައްޒަފު މިހާރު ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށެވެ.އެމްޓީސީސީގެ އައިސީޓީ ސެކިއުރިޓީ ޓީމުން މި މައްސަލަ ފާހަގަވުމާއެކު ސިސްޓަމްތައް ވަގުތުން ލޮކްޑައުންކޮށް، ރައްކާތެރިކަމާއެކު އިއާދަކޮށްފައިވާތީ ކަސްޓަމަރުންގެ ޚިދުމަތަށް އެއްވެސް ބުރޫއެއް […]

ޙަބަރު

ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާތީ، ރާއްޖޭގެ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހި ސަރުކާރަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ) ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. “އެނަޖީ ސެކިއުރިޓީ އިމަރޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް” ގެ ދަށުން ދޫކުރާ މި ލޯނަކީ މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިމާވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރަށް އެހީވުމަށް ވެވުނު އެއްބަސްވުމެކެވެ.ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި […]

ޙަބަރު

ކ. ވިލިނގިލީގެ ޑިންގީ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އެގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކ. ވިލިނގިލީގެ ޑިންގީ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ. ޖުމްލަ 6,755 […]

ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، މާލޭ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަން ކާމިޔާބުކަމާއެކު ޓެސްޓުކޮށް، ހިދުމަތަށް ނެރެފިއެވެ. މިއާއެކު، އެ މަޝްރޫޢުގެ ދަށުން މަސްވެރިންގެ ބާޒާރު ސަރަޙައްދާއި އެމްއެމްއޭ ކައިރީގައި ހަދާފައިވާ ދެ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.އެމްޓީސީސީ އިން ބުނީ،މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން، ވިއްސާރަ މޫސުމުގައި ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ދިގުލާފައިވާ މައްސަލައަށް ދާއިމީ ހައްލެއް […]

ޙަބަރު

“ފްރެންޑް 4” ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަޙައްދު އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައި ފާސްކޮށްފިއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިހާތަނަށް އެ ސަރަޙައްދުން އެއްވެސް މީހެއްގެ ނުވަތަ ދޯނީގެ ނިޝާނެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހުން އޮޔާ ހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރު ހުރި ގޮތަށް ރިޢާޔަތްކޮށްގެން އެ މިސްރާބުން ވެސް ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތް […]

ޙަބަރު

“މާލޭ ޓެކްސީ ލައިން” އެޕްލިކޭޝަން ހެކްކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އެމްޓީސީސީން ދޮގުކޮށްފިއެވެ. ކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ހިންގި އެތެރޭގެ ތަޙުޤީޤަކުން އެނގުނުގޮތުގައި، މުވައްޒަފަކު ވަނީ ހުއްދަނެތި އެޕްލިކޭޝާންގެ ބެކްއެންޑް ޑޭޓާބޭސްގައި ހުރި މައުލޫމާތުތަކަށް ބަދަލުތަކެއް ގެނެސް، އޭގެ ސްކްރީންޝޮޓްތަކެއް ބޭރުކޮށްލާފައެވެ. އަދި އެ މުވައްޒަފު މިކަން ކޮށްފައިވަނީ އަމިއްލަ އަދި ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް އެމްޓީސީސީގެ ބަޔާނުގައިވެއެވެ. މީގެއިތުރުން، އެމްޓީސީސީގެ އައިސީޓީ ސެކިއުރިޓީ ޓީމަށް […]

ޙަބަރު

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް ނެގެހެއްޓުމަކީ މުޅި ޤައުމުގެ ރައްޔިތުން އެކުވެގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހއ. ބާރަށުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށެވެ. އަދި ޤައުމިއްޔަތާ މެދު އޮތް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެންމެން އެކުގައި ގުޅިގެން މަސައްކަތް […]

ޙަބަރު

އްޖޭން ބޭރުގައި ތިބޭ އާއިލާތަކަށް އެހީވުމަށާއި، ތައުލީމީ އަދި ބޭސްފަރުވާގެ ހަރަދުތަކަށް ފަސޭހަކަމާއެކު ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ ހާއްސަ ހިދުމަތެއް ކަމަށްވާ “ފައިސާ ރެމިޓް” މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ތައާރަފުކޮށްފިއެވެ. އެމްއައިބީ އިން ހާމަކޮށްފައިވާ ގޮތުގައި، ފައިސާނެޓް މެދުވެރިކޮށް ދޭން ފެށި މި ހިދުމަތަކީ ބައިނަލްއަގުވާމީ ރެމިޓެންސްގެ މުއާމަލާތްތައް ކުރިއަށްވުރެ އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކޮށްލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ފެށި ހިދުމަތެކެވެ. ރާއްޖޭން ބޭރުގައި ކިޔަވާ […]

ޙަބަރު

އުފަންވިތަނުން ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގި މައްސަލައަކާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކޯޓު އަމުރެއްގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ވަދެ، އެ މައްސަލައިގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އިލާއިން ހުށަހެޅި މި މައްސަލައަކީ ތުއްތު ކުއްޖަކު މަންމައާ ވަކިކޮށް ދައުލަތަށް ނެގުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ބަލަމުންދާ މައްސަލައެކެވެ. އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން، އިންސާނީ ހައްގަކަށް އުނިކަންލިބޭ ފަދަ ކަންކަމުގެ ޝަކުވާ ހުށަހެޅުމުން ނުވަތަ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން […]

ޙަބަރު

ތާރީޚީ ތަޢުލީމަކީ ހަނދާންތައް ދަމަހައްޓައި، ޤައުމީވަންތަކަން އާލާކުރުމާ އެކު ޖީލުތަކުގެ މެދުގައި އެއްގަލަކަށް އެރުމުގެ ރޫޙު އުފައްދައިދޭ މުހިންމު ބާރެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމަށް ކުރެއްވި ޒިޔާރަތަށްފަހު ސަފީރު ވިދާޅުވީ، ތާރީޚާ މެދު އޮންނަ އެއްބައިވަންތަ ވިސްނުމަކީ ޤައުމެއް އެކަތިގަނޑަކަށް ބަނދެދޭ އަސްލު ކަމަށެވެ.ސަފީރު މަޝްހޫރު ފަލްސަފާވެރިއެއްގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި ވިދާޅުވީ، އެބައެއްގެ މާޒީގެ ތާރީޚާއި، އަސްލާއި އަދި ސަގާފަތުގެ ހޭލުންތެރިކަމެއް ނެތް […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، އެމްޕީއެލްއިން ކްލިއަރިންގ އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. އެމް.ޕީ.އެލް އިން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. އެމްޕީއެލް އިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިން ވަނީ ތިލަފުށީގައި ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ޚިޔާލު ހިއްސާކޮށްފައެވެ.އެ ކުންފުނީގެ އަމާޒަކީ […]

ޙަބަރު

މެލޭޝިޔާގެ ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް ފަށައިފިއެވެ. އެމްއޭސީއެލް އިން މަޢުލޫމާތު ދޭގޮތުގައި، ރާޔާ އެއާވޭސްގެ މި ދަތުރުތައް ކުރަނީ މެލޭޝިޔާގެ ޕެނޭންގް އާއި މާލެއާ ދެމެދުގައެވެ. ހަފުތާއަކު ދެ ދުވަހު ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 200-767 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި މި ދަތުރުތަކުގައި […]