ރައީސް ވިދާޅުވީ މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑައެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ.. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖޭއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހެދުމަށްކަން ފާހަގަކުރެއްވިއެވެ. މިހާރު ލިބޭ ބްލޮކްގްރާންޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ ފަސް އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ޚާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު […]
ޙަބަރު
ފަހުގެ ޚަބަރުތައް
ޝިޔާމް ވިދާޅުވީ، މި މަހުގެ ފަސް ވަނަ ދުވަހު 50 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރަން ފޮނުވާފައިވާ ކަމަށާއި، މިފްކޯއިން މިހާރު އެ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހާ ހިސާބަށް މަސްވެރިންނަށް ދޫކުރަން ފޮނުވާފައިވާ ފައިސާއަކީ މި އަހަރުގެ 25 ޖެނުއަރީއާ ހަމައަށް މަސްވެރިންނަށް ލިބެންޖެހޭ ފައިސާއެވެ. އެހެންވެ، އޭގެ ފަހުން ވެސް ކިރާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގެއް އޮތްކަން […]
އަގުބޮޑު ކަރޯކޭ ސިސްޓަމެއް މުލިއާގެ އަށް ވައްދާފައިވާކަމަށް ބުނެ އިދިކޮޅު އެކްޓިވިސްޓުން ދަނީ މީސްމީޑިއާގައި ދޮގު ޚަބަރު ފަތުރަމުންނެވެ. އެއީ 80،000 ޑޮލަރުގެ ކަރޯކޭ ސިސްޓަމެއް ކަމަށާއި އެ ސިސްޓަމް ގަތުމަށް ހަރަދު ކޮއްފައިވަނީ މުލިއާގޭގެ ބަޖެޓުންކަމަށް އެ ޙަބަރުގައި ވެއެވެ. ނަމަވެސް މިއީ މުޅިން ޙަޤިގަތާއި ޚިލާފު ވާހަކަ ތަކެކެވެ، އެ ޙަބަރުގައި މުލިއާގޭގެ ނަމުގައި ބޭނުން ކޮއްފައިވަނީ ވިއެޓްނާމް ވެބްސައިޓައކުން ނަގާފައިވާ ފޮޓޯއެކެވެ
ކޮވިޑް-19ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ. ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2، 2020ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ […]
އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން ދިޔަ ކުންފުންޏެއް ކަމަށް މިދިޔަ ސަރުކާރުން މިޑިއާއަށް ދެއްކި ނަމަވެސް ހަގީގަތް ވަރަށް ތަފާތުކަމަށް ވިދާޅުވިއެވެ. ކުންފުނި މާލީ ގޮތުން ބޮޑު އަދަވަޅެއްގައި އޮތް ކަމަށާއި ކުރީގެ މެނޭޖްމެންޓުން ކުންފުނީގެ ހަރުމުދާ ބެލެހެއްޓުމުގައި ވެސް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެމްޓީސީސީ ހިންގުމުގެ ހަރަދުތައް ބޮޑުވެފައިވާ ކަމަށެވެ. ” ކުރީގެ މެނޭޖްމަންޓުން ކަންތައްކޮށްފައި ހުރި ގޮތުން ބައެއް މަޝްރޫތައް ވަނީ މަޑުޖެހިފަ. އަޅުގަނޑުމެން މިހާރު މި ދަނީ މައްސަލަތައް […]
ޗައިނާއާއި ރާއްޖޭގެ މެދުގައި އަސްކަރީ އެހީގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފއިވެއެވެ. ރާއްޖޭގެ ފަރާތުން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު އަދި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނަރަލް ޒަން ބެއެކުންއާ ސޮއިކުރެއްވި އެއްބަސްވުމަށް އިޝާރާތްކުރައްވައި ބައެއް ކަންކަން ރައީސްވަނީ ޖަލްސާގައި ވާހަކަދައްކަވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮންނަ އަސްކަރީ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އިއްޔެ އަލަށް ވެފައިވާ އެއްބަސްވުމަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން […]
“ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އުމުރަށް ޖަލާލާފައި ތިބި މީހުން، އެއީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގަ އުމުރަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވި ފަސް އަހަރު ދުވަހު މާފު ދެވިފަ” މިނިސްޓަރ ވިދާޅުވިއެވެ. އުމުރަށް މީހަކު ޖަލަށް ލެވެނީ ފުލުހުން ކުރާ ވަރަށް ބުރަ މަސައްކަތުން، އެމީހަކު އެކަން ކުރި ކަމުގެ ތަހުގީގެއް ނިމި، ޕްރޮސެކިއުޓް ކުރެވި، އެތައް ދުވަހެއް ކޯޓު މަރުހަލާގައި ހިނގަމުން ގޮސް، ޝަރީއަތުގެ […]
ކުއްލި ހާލަތުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އެންމެ ގިނައިން ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ސީ އެމްބިއުލާންސް ބޭނުންކޮށްގެންނެވެ. އެއީ 2259 ފަހަރުއެވެ. ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ އަމިއްލަ ފަރާތްތަކުގެ ލޯންޗުތަކުގައެވެ. އެގޮތުން 1083 ފަހަރަކު އަމިއްލަ ލޯންޗުފަހަރުގައި ބަލިމީހުން އުފުލާފައިވެއެވެ. ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ ޝެޑިއުލް ފުލައިޓުތަކުގައެވެ. އެގޮތުން ޝެޑިއުލް ފުލައިޓުތަކުގައި 743 ފަހަރު ބަލިމީހުން އުފުލާފައިވާކަން އާސަންދައިގެ ހިސާބުތަކުން ފެނެއެވެ. އޭގެ ފަހަށް އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ […]
އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު މިއަދު އާންމުކޮށް، އީސީއިން ކުރި އިއުލާނެއްގައި ވަނީ، އެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓް، އެ ކޮމިޝަނުގެ ވެބްސައިޓް، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެއިތުރުން VR ޖަހާފައި ހުސްޖާގައެއް ބޭއްވުމަށްފަހު އައިޑީކާޑު ނަމްބަރު […]
ފުއާދު “އެކްސް” ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އެ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމީ އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ. އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވަން ނިންމާފައިވާތީ، އެކަމާ […]
ރައީސް މިފަދައިން ވިދާޅުވީ ރ.އަތޮޅަށާއި ބ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރ.އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަލިފުށީގައި އެމަނިކުފާނު ކެމްޕެއިނުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އެ ރަށަށް ކޮށްދެއްވަން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ މަތިން ހަނދުމަފުޅުނުނެތޭ ކަމަށެވެ. އެގޮތުން އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިންމުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެ ވައުދުފުޅު ހާސިލުކޮށްދެއްވާނެ ކަމަށެވެ. […]
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އެންމެ […]











