ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 172 / 179

ޙަބަރު

ރައީސް އެފަދައިން ވިދާޅުވީ، އާންމުން ރައީސަށް ކުރައްވާ ސުވާލާއި ޖަވާބު ގެނެސްދޭ “ރައީސްގެ ޖަވާބު” ސިލްސިލާގައި، ހިޔާ ޓަވަރުތަކުގައި މިހާރު ހުންނަ ލިފްޓުތަކުން ބަލި މީހުން އަރުވައި، ބޭލުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން އެކަމާ މީހަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، މިހާރު އަލަށް ހިޔާ ޓަވަރުތަކުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ލިފްޓުތަކުގައި ސްޓްރެޗާ އެރުވޭ ލިފްޓުވެސް ހިމެނޭނެ ކަމަށެވެ.“މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރު ސްޓްރެޗާ އެރުވޭ ލިފްޓުވެސް އޭގައި ހިމެމޭނެ. އެހެންވީމަ […]

ޙަބަރު

ޢަބްދުއްރަޙީމް ޢަބްދުﷲ މިހެން ވިދާޅުވެފައި ވަނީ އެމްއެންޑީ އެފްގެ އެއަރކޯ އަދި އަންމޭންޑް އޭރިއަލް ޑުރޯން އިފްތިތާހު ކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ ވިދާޅުވީ ދިވެހީންގެ ރާއްޖޭގެ އިއްޒަތްތެރި ރައީސް ޑރ. މުއިއްޒު ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ދުވަހަކު ފަނޑުވުމެއްނެތި އަބަދަށް ވިދާނޭ ރަނުގެ ސަފުހާއެއް ލިޔުއްވައިފި ކަމަށެވެ. “ތިޔަ ދެއްކެވީ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބީގެ މަތިވެރިކަން. ގައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިސްކަން. ޝުކުރިއްޔާ ދިވެހީންގެ ރައީސް ޑރ. […]

ޙަބަރު

އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދުމަކީ ގާނޫނުން އެ ކޮމިޝަނަށް ލާޒިމްކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވިޔަސް، އެ ފައިސާ ދައުލަތަށް ލިބޭކަން ކަށަވަރުކުރުމަށްޓަކައި ފޮލޯއަޕް ހެދުމަކީ އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން މިދިޔަ އަހަރު ބެލި 15 މައްސަލައެއްގައި ދައުލަތަށް 74،159،720.53ރ. އަނބުރާ […]

ޙަބަރު

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްއިން ތަހުގީގު ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ، އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ދައުރު ކުރުވާފައި ހުރި ކަމަށާއި ކޮވިޑުގެ ހާލަތު ނިމުމުން ވެސް އެ އިސް މުވައްޒަފުން ކަންތައް ކުރީ އެހެން ކަމަށެވެ. ލޫތު ވިދާޅުވީ އެ އިސް ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ވަރަށް އަވަހަށް ޕީޖީ އޮފީހަށް މައްސަލައިގައި […]

ޙަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމަށްޓަހައި ފުރަތަމަ ޑްރޯން އުދުއްސާލި ޑްރޯންގެ ލައިވް މަންޒަރުތައް ވެސް މިރޭގެ ރަސްމިއްޔާތުގައި ދައްކައިލި އެވެ.ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ “ބައިރަކްތާރު ޓީބީ2” ގެ ތިން ޑްރޯން އެވެ.އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހިންގާ ތަމްރީނުތަކުގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. ދެ ވަނަ ބެޗު ވެސް ތަމްރީނުތައް ނިންމާފައި ވަރަށް އަވަހަށް އަންނާނެ ކަމަށް އެމްއެންޑީއެފުން […]

ޙަބަރު

މީގެ ކުރިން ވެސް އެކި ނަންނަމުގައި ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި އެވެ. އެކަމަކު، މީގެ ކުރިން ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮންނަނީ ބޭރުގެ ގައުމުތަކަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްލަތީފު މުހައްމަދު މިރޭ ވިދާޅުވި އެވެ.މިރޭގެ ރަސްމިއްޔާތުގައި ވަނީ އެއާ ކޮޕްސްގެ ލޯގޯ ވެސް އާންމުކޮށްފަ އެވެ.”އެމްއެންޑީއެފް އެއާ ކޮޕްސް” ގެ ނަމުގައި ވައިގެ ސިފައިންގެ ހިދުމަތް އެމްއެންޑީއެފަށް ތައާރަފު ކޮށްދެއްވީ ރާއްޖޭގައި ފުރަތަމަ […]

ޙަބަރު

އެޑްވާންސް ޑްރޯންއާއި ދިވެހި އެއާ ފޯސް އިފްތިހާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭއަކީ ވަރަށް ދިގު ތާރީޚެއް އޮތް ގައުމެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލާއި، އެކި ފަހަރު މަތިން އެކި ގޮތަށް އެކި ފަރާތްތަކުން ތޮޅެން އުޅެފަ އެބަހުރި ކަމަށެވެ.ޣައްސާން ވިދާޅުވީ، އެތަކެއް ސަތޭކަ އަހަރު ކުރިން، އަދި 35 އަހަރާއި، 4 މަސް ދުވަސް ކުރިން މިފަސްގަނޑުގެ ހައްގުގައި ކެރޭ ދިވެހި ދަރިން ވަނީ ލެއާއި ފުރާނަ […]

ޙަބަރު

ޑރ.ފަރާ ފައިސަލް އަކީ އެމްޑީޕީ ސަރުކާރުގައި ބޮޑެތި ޑިޕްލޮމެޓިކް މަގާމުތައް ފުރާފައިވާ ބޭފުޅެކެވެ. ފަރާ ވަނީ އިޒްރޭލާއި ފަލަސްތީނާއި ހަމަ ހަމަ ވާ ގޮތައް އެތައް ފަހަރަކު ވާހަކަ ދައްކާ އަޑު އުފުލާ، އިޒްރޭލުގެ ރަހީނުން ދޫކޮށްލުމައްވެސް ގޮވާލާފައެވެ. ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ފަރާ އިޒްރޭލާއި މެދު ގެންގުޅޭ ގުޅުމަށް ފާޑުކިޔާ ދެކޮޅަށް އަޑު އުފުލާފައެވެ. މި ފާއިތުވި މަދު މަސްކޮޅު ތެރޭގައި ވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ 30,000 އަށް ވުރެ ގިނަ ރައްޔިތުން […]

ޙަބަރު

މެޓް އިން ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ހިސާބެއްގެ ފިނި ހޫނުމިން ހުރިވަރު އާންމުކޮށްފައެވެ. އެގޮތުން ފިނި ހޫނުމިން އެންމެ މަތީގައި އުޅެނީ މާލެ ސަރަހައްދުގައެވެ. އެއީ 32.4 ޑިގްރީއެވެ.ހަމިނާދޫގެ ފިނި ހޫނުމިން 31.9 ޑިގްރީގައި އުޅޭއިރު ކައްދޫގައި ފިނި ހޫނުމިން އުޅެނީ 31.1 ޑިގްރީގައެވެ. އަދި ކާޑެއްދޫގައި 31.0 ޑިގްރީ، އައްޑޫ ސިޓީ ގަމުގައި 31.6 ޑިގްރީގައި ފިނި ހޫނުމިން އުޅޭ ކަމަށް މެޓްއިން ބުނެއެވެ.މެޓްއިން ބުނެފައިވާ ގޮތުގައި މާޗް-އޭޕްރީލްއަކީ އަހަރުގައި […]

ޙަބަރު

ވަޒީފާއިން ވަކިވުމާއެކު ޕެންޝަން ފައިސާ ލިބޭނެ ގޮތަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނަން – ރައީސްރައީސް މިހެން ވިދާޅުވީ ރައީސްއާ ސުވާލު ކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގުރާމުގައި، ހުޅުމާލެ ފްލެޓް H-16-16-05، ފާތިމަތު ހަސަން މަނިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.ފާތިމަތު ކުރެއްވި ސުވާލަކީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯއެވެ. އަދި ވަޒިފާއިން ވަކި ވުމަށްފަހު އުޅެންޖެހޭނީ ވަރަށް ދަތިހާލުގައި ކަމަށްވެސް ވިދާޅުވިއެވެ.މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް […]

އަޕްޑޭޓު
ޙަބަރު

އެއާ އެންބިއުލޭންސްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ހެލްތް މިނިސްޓްރީއާއި، އާސަންދާއާއި އެންސް ސްޕާއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެކުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.ސީ ޕްލޭން އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރަނީ ޑީއެޗްސީ-6 ގެ ޓްއިން އޮޓޯ އެއާ ކްރާފްޓެކެވެ. އެ ޕްލެއިންގައި ރާއްޖޭގެ ރަށްތައް ސީދާ ދަތުރުކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި އެ ޕްލޭންގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތައް ވެސް ހުންނާނެ ކަމަށެވެ.މިއަދު ފެށި ސީ ޕްލޭން އެއާ އެންބިއުލޭންސް ހިމެނޭހެއް […]

ޙަބަރު

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަލަށް ގެނައި ހުރިހާ ބަގީތައް ހުރީ ހަލާކުވެފައި ކަމަށާއި ކުރިން ކައުންސިލުން އެހެން ފަރާތަކަށް ދީގެން ހިދުމަތް ދެމުންދިޔަ ބަގީތައް މަރާމާތުކޮށްގެން ދެ ވަރަކަށް ބަގީއިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެންކަމުން އާޒިމް ހުށަހެޅުއްވީ ބަގީގެ ހިދުމަތަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ހިދުމަތެއް ކަމަށް ވާތީ ބަގީތައް މަރާމާތުކޮށްގެން ކައުންސިލުން އަމިއްލައަށް އެ ހިދުމަތް އޮޕަރޭޓް ކުރުމަށެވެ. ބަގީގެ […]