ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 159 / 179

ޙަބަރު

ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، މި ހުއްދަ ދީފައިވަނީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް، ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ރިއާޔަތްކޮށެވެ. މި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެންސީއޭއެސްޕީގެ “ޕްރޮހިބިޓަޑް އައިޓަމްސް ލިސްޓް” އަދި އައިކާއޯގެ ޓެކްނިކަލް އިންސްޓްރަކްޝަންސްގެ އިތުރުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ޑޭންޖަރަސް ގުޑްސް ރެގިއުލޭޝަންގެ ދަށުން ނުރައްކާތެރި މުދަލުގެ […]

ޙަބަރު

އއ. އަތޮޅުގައި އޮންނަ “ރަންފަރު” ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މިގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރައީސްގެ ގަރާރުގައި،ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ “ރަންފަރު” ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކުރައްވާފައެވެ. ރައީސް ވަނީ އަރިއަތޮޅު އުތުރުބުރީ […]

ޙަބަރު

ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު މިރޭ ސަލާމަތްކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި 17 ބިދޭސީން ތިބި ކަމަށެވެ. އެ އެންމެން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ޑިންގީ ބަންޑުން ޖަހާލުމުން އެއިން ދަތުރުކުރި ތިން މީހަކު ވަނީ ފަތާފައި އެ ރިސޯޓަށް އަރައިފަ އެވެ. އެ ސަރަހައްދުގައި ކ. އަތޮޅު ފުލުހުންނާއި އެ އަތޮޅު ރިސޯޓުތަކުގެ […]

ޙަބަރު

ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް ފުރަތަމަ ފަހަރަށް ސަރޕްލަސްއެއްގައި ދަމަހައްޓައިފިއެވެ. މުހިއްމު ނަތީޖާތައް: ސަރޕްލަސް: 314.3 މިލިއަން ރުފިޔާގެ ސަރޕްލަސް ހާސިލްކޮށްފައިވެއެވެ. ހަރަދު ކުޑަވުން: ދައުލަތުގެ ޖުމުލަ ހަރަދުތައް މިދިޔަ އަހަރާ އަޅައިބަލާއިރު 17.4% ކުޑަވެފައިވެއެވެ. ގާތްގަނޑަކަށް ތަފާތުކަން: ހަރަދުގެ ތަފްސީލް: ރިކަރަންޓް ހަރަދު: 2.2% ކުޑަވެފައިވެއެވެ ކެޕިޓަލް ހަރަދު: 60.8% ކުޑަވެފައިވެއެވެ މުހިއްމު ޕްރޮޖެކްޓްތައް: ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ވެލާނާ އެއާޕޯޓް އަދި ޞިއްހީ ކެއަރ ޕްރޮޖެކްޓްތައް […]

ޙަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ. އެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، އާންމު އުސޫލުގެ ދަށުން ރައީސް އޮފީހުން މި ދަތުރުފުޅުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. އެ ހަފްތާގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ޖޫލައި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ. ޖޫން މަހުގެ […]

ޙަބަރު

ދައުލަތަށް ދައްކަންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ އުސޫލު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަރުކަށިކޮށްފި އެވެ. މީރާއިން ހަދާފައިވާ އުސޫލު ކުރިން އޮންނަ ގޮތުން އެކައުންޓް ފްރީޒް ކުރެވޭނީ ފައިސާ ދެއްކުމަށް 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ އެވެ. ނަމަވެސް މިއަދު ގެނައި އިސްލާހު އޮތްގޮތުން 60 ދުވަސް ހަމަނުވި ނަމަވެސް ނޯޓިސް މުއްދަތު ހަމަވުމުން އެކައުންޓް ފްރީޒް ކުރެވިދާނެ އެވެ. […]

ޙަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ. އެންޑީއޭ އިން ބޭއްވި މީޑިއާ ބްރީފިންއެއްގައި، މިދިޔަ ފަސް އަހަރު ދުވަހުގެ ފުލުހުންގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި ލުބްނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ގުޅޭ އެއްވެސް މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ނެތެވެ. “ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައިގެ އިންސިޑެންޓެއް […]

ޙަބަރު

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. ފިލިޕީންސްގެ މެނީލާގައި މިހާރު ކުރިއަށް ގެންދާ “ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް” ގައި މިނިސްޓަރު ޣައްސާން ވިދާޅުވީ، ރާއްޖެ ފަދަ ކުދި ގައުމުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑު ކަމަށެވެ. އެފަދަ ކަންކަމުން ރައްކާތެރިވުމަށް ރާއްޖެ އިން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން […]

ޙަބަރު

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަށް ބަދަލުކޮށްފި އެވެ. އެ ބަދަލު ގެނެސްފައިވާކަން ޔަގީން ކޮށްދެއްވައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފައިރޫޝް އެ މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަވަން ފައްޓާފައިވާ ކަމަށެވެ. ފައިރޫޝް، ހޯމްލޭންޑް މިނިސްޓްރީގައި ވެސް އަދާކުރައްވަނީ ސްޓޭޓް މިނިސްޓަރުގެ މަަގާމެވެ. ފައިރޫޝް އަކީ ފުލުހުންގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެންމެ […]

ޙަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ބީއެމްއެލް އިން މިއަދު ބުނީ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ޝަރީފް ހަވާލުވެ ވަޑައިގަންނަވާނީ މާދަމާ އިން ފެށިގެން ކަމަށާއި އެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަން ކުރުމަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި ހާސިލް ކުރެވުނު މުހިންމު […]

ޙަބަރު

ޖުމްލަ 73 ގޮނޑި ސަރުކާރަށް ވަނީ ކާމިޔާބު ވެފައެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ 12 ގޮނޑި ކާމިޔާބި ކަމަށް ދައްކާއިރު، އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބުވި ކަމަށް ދައްކައެވެ. އަދި އެމްއެންޕީއަށް އެއް ގޮނޑި އަދި ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް އެއް ގޮނޑި ކާމިޔާބުވި ކަމަށް ދައްްކައެވެ. މިހާތަނަށް ލިބިފައި ހުރި ނަތީޖާތައް ދައްކާގޮތުން ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުމުގެ ފުރުސަތެއް ނެތެވެ. ޕީއެންސީ އަށް ލިބުނު މެޖޯރިޓީއާ އެކުގައި ގާނޫނުއަސާސީ އިސްލާހު […]

ޙަބަރު

ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މުހިންމު ބަދަލުތަކެއް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަން ފެށި ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބި ކަމަށް ނަޝީދު ވިދާޅުވިއެވެ. މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީ ނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން […]