ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 144 / 179

ޙަބަރު

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ ނިންމާލައިފިއެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މި މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ބަނދަރު ތޮށި ހެދުމަށް ބޭނުންވާ ޕްރީކާސްޓް ޕެނަލްތައް މަސައްކަތް ކުރާ ސަރަހައްދަށް ގެނެވިފައިވާ ކަމަށާއި ސީ ޗެނަލް އަދި އެންކަރ ބްލޮކް އިންސްޓޯލްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އެ […]

ޙަބަރު

ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ، ވ. ފުލިދޫއަށް ޑޮލަރު އޭޓީއެމްގެ މުހިންމުކަން އެރަށުގެ ކައުންސިލުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފިއެވެ. މިކަން ހިއްސާކޮށްފައިވަނީ، ރައީސް މުއިއްޒު، ފެލިދެއަތޮޅު ފުލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ވ. އަތޮޅު މަދަރުސާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމާއި، ޑޮލަރު އޭޓީއެމެއްގެ […]

ޙަބަރު

ވ. ފުލިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި އިތުރު 12 ހެކްޓަރުގެ ބިން ހިއްކަދޭނެކަމަށް ރައީސުޖްލުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ފުލިދޫއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެއްނަމަވެސް، ބިން ކުޑަ ރަށެއްކަމަށާއި އެންމެ މުހިންމު ކަމެއްގޮތުގައި ރަށުގެ ބިން ހިއްކިގެން ދިއުމަކީ ރަށުގެ ރައްޔިތުން އެންމެ ބޮޑު އެދުންކަމަށް […]

ޙަބަރު

ވ. ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ފުލިދޫގައި މި މަޝްރޫއު ފަށާފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅު ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވަންމުން ގެންދަވާ ދަތުރުފުގެ ތެރެއިންނެވެ. ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ ދަށުން 79،933 ކިއުބް މީޓަރުގެ ސަރަހަށްދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަހަށްދެއްގައި އެއްގަމުތޮށި ލުމާއި، 493 މީޓަރުގެ ސަރަހަށްދެއްގައި ރިވެޓްމެންޓް […]

ޙަބަރު

ވ.ފުލިދޫ ހެލްތް ސެންޓަރުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ފުލިދޫގައި މި މަޝްރޫއު ފަށާފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅު ހިމެނޭގެން ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފުލިދޫ އަކީ އެމަނިކުފާނުގެ ފުރަތަމަ މަންޒިލެވެ. ފުލިދޫ ހެލްތް ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ. ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ(އެމްޓީސީސީ)އާއެވެ. މި މަޝްރޫއުގެ […]

ޙަބަރު

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެެއެވެ. މީގެއިތުރުން ރައީސްގެ މި ދަތުތުފުޅުގައި، އެ ރަށްރަށުގެ […]

ޙަބަރު

އިޖުތިމާއީ ގޮތުންނާއި، އަހުލާ ގޮތުން މުޖުތަމައުތައް ފަސާދަ ވަނީ، މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާން ނައްތާލާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް الله އަށް އުރެދި ޣާފިލުވުމުންކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޙުތުބާ ހާއްސަކޮށްފައިވަނީ، “މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫއުއަށެެވެ. ޙުތުބާގައި ބުނެފައިވަނީ، މުޖުތަމައު ގޯސްވުމުން، އެވާހަކަ ދައްކަނީވެސް ހަމަ އަހަރެމެންގެ ދޫތަކުންކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކުރުމަށް އިހުލާސްތެރިކަމާއެކީ މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލްގެ “ކޮވެލި ލައުންޖް” ހުޅުވައިފިއެވެ. އައު ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި […]

ޙަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއިއްޒު، އުފައްދަވައިފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސް އިއްޔެ ވަނީ ތަސްދީގުކުރައްވާފައެވެ. މި ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށައިފައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި […]

ޙަބަރު

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށާނެ އެވެ. މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ. […]

ޙަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، “ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު” އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާކުރަން ފޮނުވައިފި […]

ޙަބަރު

ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފްް) އިން ބުނީ، މި ހާދިސާ ހިނގީ ބާސެލޯގެ އިމާރާތުގެ އިރުމަތީކޮޅުގައި ހުންނަ އެ ހޮޓަލްގެ ޑަސްބިންތައް ބަހައްޓަން ހާއްސަކޮށްފައިވާ ތަނުގައި މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު ފެތުރުމުގެ ކުރިން އެ ހޮޓަލުގެ މުވައްޒަފުން ވެގެން އަލިފާން ނިންވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.