މިދިޔަ ސެޕްޓެމްބަރު މަހުވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، މާލެ ފްރަންޓްލައިން ޕޮލިސިންއަށް ޖުމްލަ 109 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ވައްކަމުގެ 71 މައްސަލައަކާއި، ފޭރުމުގެ 12 މައްސަލައެއް އަދިމާރާމާރީގެ 16 މައްސަލައަކާއި އެކްސިޑޓެންޓްގެ 10 މައްސަލައެކެެވެ. މިިދިޔަ މަހު 27،464 ލޮކޭޝަން ޗެކް ކުރިއިރު 86 ވެހިކަލް ޗެކްޕޮއިންޓުގައި މަސައްކަތް ކޮށްފައިވެއެވެ. މަގުމަތިން 5264 މީހަކު ހުއްޓުވައި ސުވާލުކުރި އިރު، […]
ޙަބަރު
ފަހުގެ ޚަބަރުތައް
ސައިބަރ ކްރައިމްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ސައިބަރ ކްރައިމްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، އެފަދަ ކުށްތަކާއި އެކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރަން ނިންމާފައިވާ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ […]
އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 960 ޕާސްޕޯޓު ދޫކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ. އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ. އަދި 3897 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސްކޮށްފައެވެ. އެގޮތުން މާލެއިން 2115 ޕާސްޕޯޓް ދޫކޮށްފަވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ފާސްޕޯޓު ދޫކޮށްފައިވާ ކަމަށާއި ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް، ވިލިމާލެއިން 36 ޕާސްޕޯޓް މި މުއްދަތުގެ ތެރޭގައި ވަނީ ދޫކޮށްފައިވާ […]
10 ރަށެއްގައި ޖުމްލަ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްޓީސީގެ ފަރާތުން އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒާއި، ހުސައިން ނިހާދު އަދި އަސްލަމް ރަހާ އެވެ. މި އެއްބަސްވުމުގެ ދަށުން ފޮނަދޫގައި ފުޓްސަލް ދަނޑު ހެދުމާއި، […]
އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުގައި، ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދީފި އެވެ. އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމުވޯޓު ނެގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު އެވެ. އީސީއިން ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް […]
މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ. ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށްކަމަށްވާ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވާފައި ވެއެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، […]
ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާވެސް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ބަންޑުން ޖަހާލާފައިވަނީ، މާލޭން ފުރައިގެން ކ އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަކަމަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު އެވެ. ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާއިރު، ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކަނޑުއަޑިން މިއަދު ހެނދުނު ފެނިފަ އެވެ. ފުލުހުން ބުނީ، […]
ށ. ފުނަދޫ އެއަރޕޯޓުގެ ހިދުމަތްތަށް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ށ އަތޮޅުގެ ރަށްތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފުނަދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު […]
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ. އަސާސީ ބާވަތްތައް ހެޔޮއަގެއްގައި ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 23 ވާބަތެއް ހިމަނާފައިވާކަަން ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ. އެސްޓީއޯއިން އިއްޔެ ވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ފަށާފަ އެވެ. މި […]
އަންނަ އަހަރުގެ ބަޖެޓުން، 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެކުރިން ނުދޭވަރަށް އިސްކަންދީފައިވާ […]
ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ބަންޑުން ޖަހާލާފައިވަނީ، މާލޭން ފުރައިގެން ކ އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަކަމަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު އެވެ. ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާއިރު، ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކަނޑުއަޑިން މިއަދު ހެނދުނު ފެނިފަ އެވެ. […]
ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަދު ވަބީ ފަށާފަ އެވެ. ރައީސް ވިދާޅުވީ، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، 8 […]










