ޙަބަރު

ޕާކިސްތާނުގެ ބަލޮޗިސްތާންއަށް ދިން ޓެރަރިޒަމް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ޕާކިސްތާނުގެ ބަލޮޗިސްތާންއަށް ދިން ޓެރަރިޒަމް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޕާކިސްތާނުގެ ބަލޮޗިސްތާންއަށް ދިން ޓެރަރިޒަމް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގައި ޕާކިސްތާނުގެ ބަލޮޗިސްތާނުގައި ވަނީ ޓެރަރިޒަމް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި މަދުވެގެން 15 ސެކުރިޓީ އޮފިޝަލުންނާއި 18 ޕާކިސްތާނުގެ ރައްޔިތުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މި ހަމަލާ ރާއްޖެއިން ވަނީ ކުށްވެރިކުރާކަމަށާއި، ޓެރަރިޒަމްގެ ހުރިހާ ބާވަތަކާއި އަނިޔާވެރި ހަރުކަށި ފިކުރުތަކާއި ޖިނާއީ އަމަލުތައް ހިންގާ ހުރިހާ ގޮތަކަށް ރާއްޖެއިން ދެކޮޅުކަމަށް ފޮރިން މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނެފައެވެ.

މިއާއެކު، ރާއްޖެއިން ވަނީ މި ހަމަލާގައި ގެއްލުން ލިބުނު ހުރިހާ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި މި ޕާކިސްތާނަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖެއިން ތިބީ ޕާކިސްތާނުގެ ސަރުކާރާއި ރާއްޖެއާއެކުގައި ކަމަށް ފޮރިން މިނިސްޓަރީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ވަނީ މި ހަމަލާގައި އަނިޔާވި އެންމެންނަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ޝެއާ

ކޮމެންޓު