ޙަބަރު

ބީއެމްއެލުން ސްވައިޕްގެ ލިމިޓެޑް ރިލީޒަށް ރެޖިސްޓާވާން ހުޅުވާލައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ބީއެމްއެލުން ސްވައިޕްގެ ލިމިޓެޑް ރިލީޒަށް ރެޖިސްޓާވާން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓާވުމަށް ހުޅުވާލައިފިއެވެ.

މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، 100% ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެއްކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެގޮތުން، ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ ސްވައިޕް.އެމްވީ މެދުވެރިކޮށް ރަޖިސްޓާވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ.

ބީއެމްއެލުން އިތުރަށް ބުނިގޮތުގައި ސްވައިޕްގައި ރަޖިސްޓާވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެއެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެކަމަށާއި ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ސްވައިޕް މެދުވެރިކޮށް، މަލްޓި ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭގޮތަށް ބީއެންމެލުން ވަނީ ހަދާފައެވެ.

ޝެއާ

ކޮމެންޓު