ޙަބަރު

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފި

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ދެވޭ، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ދެވޭ ޕްރޮފިޓް ރޭޓު ކުޑަ އަދި އިކުއިޓީ ކުޑަ ލޯނަށް މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށެވެ. އެގޮތުން

  • ފަހިމާލެ:15 އެޕްލިކޭޝަން
  • ސަހަރު:410 އެޕްލިކޭޝަން
  • ރަށްވެހި:343 އެޕްލިކޭޝަން
  • ޖުމްލަ: 768

ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މި ސްކީމަށް އެޕްލިކޭޝަން ހުށައެޅޭނީ ހިޔާވަހި ޕޯޓަލުން ނެވެ.

3 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސްކީމްގެ ދަށުން މިލިއަނަކާ ހަމައަށް ލޯނު ދޫކުރާ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ ކެޓަގަރީއަކާއި، ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރާ އާބަން ސެންޓަރުތަކަށް ހާއްސަ ކެޓަގަރީއެއްގެ އިތުރުން، ހަ މިލިއަނާ ހަމައަށް ލޯނު ދޫކުރާ މާލެ ސަރަހައްދަށް ހާއްސަ ކެޓަގަރީއއްގެ ދަށުން ލޯނު ދޫކުރެ އެވެ.

ހިޔާވަހި ފައުނޭންސް ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ އެއްގޮތަްވާގޮތުގެ މަތިން ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ތަރައްގީ ކުރުމަށްޓަކައި އުފަށްދާފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން  5 އިންސައްތަ އިންޓަރެސްޓާއެކު 25 އަހަރުން އަބުރާ ދެއްކޭގޮތަށް ލުއި ލޯނުތަކެއް ދޫކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ޝެއާ

ކޮމެންޓު