މަރުގެ އަދަބު ދޭން ކަނޑައެޅުމުން ރާއްޖެއަށް ޑްރަގު އެތެރެކުރުން ހުއްޓުވޭނެ: ރައީސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމުން، އެ ތަކެތި އެތެރެކުރުން ހުއްޓުވޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން، ރާއްޖެ އަންނަ އިރު ޑްރަގު އެތެރެކޮށްފި ނަމަ، އެ މީހަކަށް މަރުގެ އަދަބު ދިނުމަށްވަނީ ފާސްކޮށްފައެވެ. […]






