ތިލަފުށީ ޕޯޓް

ޙަބަރު

ތިލަފުށީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން: މިނިސްޓްރީ

ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހަމަޖެހިފައިވާ އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށާއި، މި މަޝްރޫއުގައި ބޭރުގެ އެއްވެސް ބައިވެރިއަކަށް ޚާއްސަ އިސްކަމެއް ނުވަތަ މަންފާއެއް ދީފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ، މި މަޝްރޫއަކީ ހަމައެކަނި ރާއްޖޭގެ ދިގުމުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި، މީޑިއާތަކުގައި ވަކި ގައުމަކަށް ބުރަވެ ސަރުކާރުން އަމަލުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، އެމްޕީއެލްއިން ކްލިއަރިންގ އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. އެމް.ޕީ.އެލް އިން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. އެމްޕީއެލް އިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިން ވަނީ ތިލަފުށީގައި ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ޚިޔާލު ހިއްސާކޮށްފައެވެ.އެ ކުންފުނީގެ އަމާޒަކީ […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކަމާގުޅޭ މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފިއެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި ހޮޓެލް ޖެންގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއެކު ބާއްވަމުން އަންނަ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ކުންފުނީގެ އެންމެ މުހިންމު ސްޓޭކްހޯލްޑަރުން ކަމަށްވާ ޝިޕިންގް […]

އަޕްޑޭޓު
ޙަބަރު

މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ބިންގާ އެޅުމުގެ ރަސްމިއްޔާތު އަންނަ ޖުލައި 6 ގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ. މާލޭގެ ބަނދަރު ބަދަލުކުރަން ޖެހުނު […]

ތިލަފުށީ ޕޯޓް — ހިރިޔާ