ތިލަފުށި

ޙަބަރު

ތިލަފުށީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން: މިނިސްޓްރީ

ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހަމަޖެހިފައިވާ އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށާއި، މި މަޝްރޫއުގައި ބޭރުގެ އެއްވެސް ބައިވެރިއަކަށް ޚާއްސަ އިސްކަމެއް ނުވަތަ މަންފާއެއް ދީފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ، މި މަޝްރޫއަކީ ހަމައެކަނި ރާއްޖޭގެ ދިގުމުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި، މީޑިއާތަކުގައި ވަކި ގައުމަކަށް ބުރަވެ ސަރުކާރުން އަމަލުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، އެމްޕީއެލްއިން ކްލިއަރިންގ އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. އެމް.ޕީ.އެލް އިން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. އެމްޕީއެލް އިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިން ވަނީ ތިލަފުށީގައި ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ޚިޔާލު ހިއްސާކޮށްފައެވެ.އެ ކުންފުނީގެ އަމާޒަކީ […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. “މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، […]

އަޕްޑޭޓު
ޙަބަރު

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް (ކީވޯލް) ބިނާކުރުމާއި ޕޭވްމަންޓް އެޅުމުގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ، މިއީ ޖުމްލަ 18.80 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. 120 ދުވަހުގެ (4 މަސް ދުވަސް) ތެރޭގައި ނިންމަން ޖެހޭ މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. މަޝްރޫއުގެ ދަށުން […]

ޙަބަރު

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުށީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ތިލަފުށީ ބަނދަރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ދުވެއްޔާ މެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށާއި، […]

ތިލަފުށި — ހިރިޔާ