ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި
މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 5:30 ކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރުއަނގޮޅި ކައިރީގައެވެ. މަގުމަތީގެ ބާރުބޮޑުވެގެން ޓްރެފިކް ފްލޯ ބަލަހައްޓަން ހުރި ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ދުއްވަން އިން ޒުވާނާ (ގދ. ފަރެސްމާތޮޑާ ސާއިން އަބްދުލް ގައްޔޫމް ، 23 އ،) ފިލަން […]









