އެސްޓީއޯ

ޙަބަރު

ދުނިޔޭގެ މަޝްހޫރު ‘ވީ ސްކޭން’ އަލްޓްރާސައުންޑް މެޝިން އެސްޓީއޯއިން ބާޒާރަށް ނެރެފި

ޖީއީ ހެލްތުކެއާގެ އެންމެ ފަހުގެ ‘ވީ ސްކޭން’ ޕޯޓަބަލް އަލްޓްރާސައުންޑް މެޝިންތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. ޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޑިވައިސްތައް ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ. އެސްޓީއޯ އިން މަޢުލޫމާތު ދިން ގޮތުގައި، މި އައު މޮޑެލްތަކުގެ ސަބަބުން މީގެ ކުރިން ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކަށް އެކަނި ބަރޯސާވެފައި އޮތް ސްކޭންގެ […]

ޙަބަރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ދެވަނަ ކުއާޓާގައި،ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ހޯދައިފިއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާ ގުޅިގެން، ކުރީ ކުއާޓާޔާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ. އެސްޓީއޯ އިން ބުނި ގޮތުގައި ތެލުގެ އަގު މަތިވުމާއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރާއި އެސްޓީއޯ ގުޅިގެން ކުރި މަސައްކަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް […]

ޙަބަރު

ސްޓޭޓް ފާމާ (ކުރީގެ އެސްޓީއޯ) ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކުރި އަގާ ގުޅުވައިގެން މީސްމީޑިއާގައި ފެތުރެމުންދަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓޭޓް ފާމާއިން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ދޫކުރި ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 (ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް ރުފިޔާ ފަނަރަ ލާރި) އެވެ. މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ ކަސްޓަމަރުގެ އިންޝުއަރެންސް ޕާޓްނަރ ސްލިޕަށެވެ. އެހެންކަމުން، ކަސްޓަމަރުގެ […]

އަޕްޑޭޓު
ޙަބަރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ރީޓެއިލް ފާމަސީތަކެއް، ސަރުކާރުގެ އައު ބޭސް ކުންފުނި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް” (ސްޓޭޓް ފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. ސްޓޭޓް ފާމާ އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެކުންފުނީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ހިދުމަތް އތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން އުފެއްދި “ސްޓޭޓްފާމާ” ކުންފުނީގެ ފުރަތަމަ ފާމަސީ، އައި.ޖީ.އެމް.އެޗް ގައި ހުޅުވައިފިއެވެ. ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ” ގެ ނަމުގައި ހުޅުވި މި ބޭސްފިހާރަ ހުންނަނީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައެވެ. މިއީ އެ ކުންފުނިން ހުޅުވި އެންމެ ފުރަތަމަ ފިހާރައެވެ.މިއީ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ލިބުނު މުހިއްމު ކާމިޔާބީއެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ސްޓޭޓް ފާމާއިން ބުނީ ރައްޔިތުންނަށް މެދުނުކެނޑި ބޭސް ލިބޭނެ […]

ޙަބަރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ގެ ވިޔަފާރިތަކަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އިތުރުވުމާ ގުޅިގެން، ހިއްސާދާރުންނަށް ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރަސްމީކޮށް ފާސްކޮށްފިއެވެ. މިއީ އެސްޓީއޯގެ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް މިހާ ބޮޑު އަދަދެއް ބަހަން ފާސްކުރި ފުރަތަމަ ފަހަރެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މި ގޮތަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއިރު، […]

ޙަބަރު

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ. އެސްޓީއޯ އިން ބުނީ، . ‘ފިނި ފިނި ޕްރޮމޯ’ ގެ ނަމިގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް މިހާރު ލިބޭނެ ކަމަށެވެ.މި ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެ […]

ޙަބަރު

ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ވިޔަފާރި ކާމިޔާބީތަކެއް ހާސިލްކޮށްފި އެވެ. ކުންފުނިން އާންމުކޮށްފައިވާ ތިންމަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް ކުންފުންޏަށް ޖުމްލަ 5.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ކުންފުނީގެ ވިޔަފާރި ފުޅާވެ، ހާއްސަކޮށް ތެލުގެ ވިޔަފާރި ރަނގަޅުވެ، ބަންކަރިން ހިމެނޭ ގޮތަށް ވިއްކި ތެލުގެ ޢަދަދު 27 […]

ޙަބަރު

އިހަވަންދިއްޕޮޅުގައި ސަރުކާރުން އަލަށް ފެށި ބަންކަރިން ޚިދުމަތުން ދައުލަތަށް މިހާތަނަށް 730 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 47 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ވިޔަފާރި ރާއްޖޭގައި ރަސްމީކޮށް ފެށިފަހުން މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް މި ބޮޑު އާމްދަނީ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. “މާރިޗު 31އާ ހަމައަށް […]

ޙަބަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ވެސް ބަދަލު ގެނެސްފިއެވެ. ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50 ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ، 17.54ރުފިޔާއަށެވެ. މީގެ […]

ޙަބަރު

ޑިމާންޑް ބޮޑުވި ނަމަވެސް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި އެކު އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ. އެ ވުޒާރާއިން ހާމަކުރިގޮތުގައި މި ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގަނޑުކޮށް މުދާ ހޯދުމާއި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ދުރާލައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މުދަލަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ބާޒާރުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 […]

ޙަބަރު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފި އެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އައުޓްލެޓް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައެވެ. މިއީ ހުޅުމާލެއަށް ބްރިޖުން ފައިބައިގެން އަންނައިރު ހުންނަ އެސްޓާސް ފިހާރައާ ޖެހިގެން ސެންޓްރަލް ޕާކާ ދިމާލަށް ދާން އޮންނަ މަގެވެ. އެސްޓީއޯއިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، އެސްޓީއޯގެ ހިދުމަތެއް އެ ސަރަހައްދުގައި ނެތުމުގެ ޝަކުވާ […]

އަޕްޑޭޓު