އެންސްޕާ

ޙަބަރު

އެކަނިވެރި މައިންބަފައިންގެ އެލަވަންސް: އޮގަސްޓު މަހު އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފި

ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ސަރުކާރުން ދޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޮގަސްޓު މަހު އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އަލަށް އިތުރުވި މީހުންނާއެކު ޖުމްލަ 179 ކުއްޖަކަށް އަލަށް މި އެލަވަންސް ލިބޭނެއެވެ. މިއީ އެކަނިވެރި މައިންބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް […]

ޙަބަރު

ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ސަރުކާރުން ދޭ ހާއްސަ މާލީ އިނާޔަތުގެ ގޮތުގައި، މިދިޔަ މަހު 535 މީހަކަށް 1،070،000 (އެއް މިލިއަން ހަތްދިހަ ހާސް) ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. މިދިޔަ މަހު އެލަވަންސް ލިބުނު މީހުންގެ ތެރޭގައި، އަލަށް ރަޖިސްޓަރީވެގެން މުޅިން އަލަށް މި އެހީ ލިބެން ފެށި ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ތެލަސީމިއާ ކުދިންނަށް ދޭ މާލީ […]

ޙަބަރު

ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކާއި އެކަނިވެރި މައިންބަފައިންނަށް އެހީތެރިވުމަށް ސަރުކާރުން ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖުމްލަ 16.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ބޮޑު ހޭދައަކީ އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓާ ކުޑަކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އެހީގެ ދަށުން ދިވެހި އާއިލާތަކުގެ ހިތްތަކަށް ލިބިގެންދިޔަ ބޮޑު […]

ޙަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އެހެނިހެން ޚިދުމަތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އިތުރު ލިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. މިގޮތުން ގެނެވުނު ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންހުށަަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ނިޒާމީ ބަދަލަކީ […]

ޙަބަރު

މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައިފިއެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 359 މީހަކަށް ތެރަޕިއުޓިކް ފަރުވާއަށް ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފާރުވާ ދިނުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ […]