އަމީނީ މަގު

ޙަބަރު

އަމީނީމަގު ދެވަނަ ސެގްމަންޓްގައި ތާޜު އަޅައި ނިމިއްޖެ!

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ ބުނީ ފެންވަރު ރަނގަޅު މަގުތަކެއް ގާއިމުކުރެވުމުގެ ސަބަބުން، މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މާލެއަކީ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭ، ފުރިހަމައަށް ގުޅާލެވިފައިވާ ސިޓީއަކަށް ވެގެންދާނެ ކަމަށެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް […]

ޙަބަރު

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް، އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނި ގޮތުގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ސެގްމެންޓުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ހޭކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ. ތައްޔާރީ މަސައްކަތްތައް ނިމުމާ އެކު، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ […]

ޙަބަރު

އަމީނީ މަގުގެ ސެގްމެންޓް 1 ގެ މަރާމާތުކުރުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމް.ޓީ.ސީ.ސީ) އިން ފަށައިފިއެވެ. އެގޮތުން، އެމްޓީސީސީ އިން ހާމަކުރިގޮތުގައި،މި މަސައްކަތަށް ބޭނުންވާ ބަރު މެޝިނަރީތައް ރޭގެ ވަގުތެއްގައި ސައިޓަށް ބަދަލުކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ މަގުން ތާރު ފަށަލަ ނެގުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތަކެވެ. މި ސެގްމެންޓްގެ ދަށުން މަރާމާތު ކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. އަމީނީ މަގަކީ ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ […]

ޙަބަރު

އަމީނީ މަގު ހެދުމުގެ މަސައްކަތް ފެއްޓުަމާއެކު، އާރުޓީއެލް ބަސް ތޫޓްތަކަށް އެމްޓީސީސީއިން ބަދަލުތަކެއް ގެނެސްފިއެވެ. މި މަރާމާތަކީ އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެ، ބޮޑެތި ވަޅުގަނޑުތައް ހެދި ދަތުރުފަތުރަށް ދަތިވުމުގެ ސަބަބުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ބަންދުކުރެވުނު ބަސް ހުއްޓިތައް: ސޯޝަލް ސެންޓަރު ބަސް ހުއްޓި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބަސް ހުއްޓި ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި ބަސް ރޫޓްތަކަށް ގެނެވުނު ބަދަލުތައް […]

ޙަބަރު

މާލޭގެ އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އަމީނީ މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު ހަލާކުވެ، ވަޅުގަނޑުތަކާއި ބަންޕަރުތައް އުފެދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މި މަގު މަރާމާތު ކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖޫން 15 ގައެވެ. އަމީނީ މަގުގައި ތާރުއެޅުމުގެ މަޝްރޫޢަކީ ކުރީގެ ސަރުކާރުން އާރްޑީސީއާ […]