ބޮޑުތަކުރުފާނު މަގު ހަދާތީ ސުނާމީ ބިނާ ސަރަޙައްދު ހުސްކުރަން އަންގައިފި
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަށް ސުނާމީ ބިނާ ސަރަޙައްދު ހުސްކުރަންމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން އަންގައިފިއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަމައަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރު ވެފައެވެ. މި މަސައްކަތް ފެށުމުގެ ގޮތުން، އެ ސަރަޙައްދުގައި ހުރި ތަކެއްޗާއި އުޅަނދުފަހަރު ނެގުމަށް ކަމާބެހޭ […]










