ރައްޔިތުންގެ މަޖިލިސް

ޙަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގަ ރޯކުރަން ގޮވާލި މައްސަލައެއް ބަލަނީ

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތުގައި ރީކުރަންގޮވާލި މައްސަކައެއް ފުލުހުން ބަލަންފަށައިފި އެވެ. މިހެން ގޮވާލާފަ ވަނީ ކުރީގެ އެމްއެންޑީއެފްގެ ނާވަލް އާކިޓެކް ފަސްޓް ލެފްޓީނެންޓް އަދި މި ސަރުކާރުގެ ކިރީގެ ޓުރާންސްޕޯޓް ޑެޕިއުޓީ މިނިސްޓަރުކަން ކުރި ޒިހާން ހަސަން އެވެ. އޭނާ ވަނީ ފޭސްބުކްގައި ރައީސް އޮފީހާއި މަޖިލީހާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލާފައެވެ. މިހެން މާނަ ދޭހަވާނެހެން ގިނަ ޕޯސްޓުތަކެއް އޭނާ ވަނީ ކޮށްފަ އެވެ. އަދި މިކަން ކުރުމުން ވަރަށް މަޖާވާނެ ކަމަށް ވެސް […]

ޙަބަރު

ކަނޑައެޅިފައިވާ ސަރަހައްދުތައް ނޫން ގޮތްގޮތަށް ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ހިނގާ މީހުން 100 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް މަދުކުރުމުގެ ބޭނުމުގައި ހުށަހެޅި މި ބިލު ފާސްވުމާއެކު، ޒީބްރާ ކްރޮސިން ނުވަތަ މަގު ހުރަސްކުރަން ހާއްސަ ކުރެވިފައިވާ ނޫން ދިމާލަކުން މަގު ހުރަސްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް […]

އަޕްޑޭޓު
ޙަބަރު

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ރާއްޖޭގެ ބޭންކިންގ ނިޒާމު މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުން ގައުމަށް ވަންނަ ޑޮލަރު މާލީ ނިޒާމުގެ ތެރޭގައި ހިފެހެއްޓުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ގާނޫނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ […]

އަޕްޑޭޓު
ޙަބަރު

ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި މި ބިލު ފާސްވުމުން، ގައުމީ ތަރައްގީގެ ބޭނުންތަކަށާއި ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި، ކައުންސިލްތަކުގެ ބާރުގެ ދަށުގައި ހުންނަ ބިންތައް އަނބުރާ ނެގުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ. މި އިސްލާހުގެ ބިލު ރައްޔިތުންގެ […]

އަޕްޑޭޓު
ޙަބަރު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ދެގުނަވެފައިވާ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބިއިރު، 2023 ގެ ނިޔަލަށް އެ އަދަދު ވަނީ 36,729 އަށް އުފުލިފައެވެ. މާލީ ވަޒީރު މި ތަފާސްހިސާބުތައް ހާމަކުރެއްވީ، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނަގާ ގޮތާއި ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމުގެ (ރައިޓް-ސައިޒިންގ) ސިޔާސަތާ […]

ޙަބަރު

ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުން ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމަށް، 600 މިލިއަން ރުފިޔާގެ އެސް.އެމް.އީ އިމްޕެކްޓް ފަންޑުން މާލީ އެހީތެރިކަން ދެމުންދާ ކަމަށް ފައިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ކުމެވި” ނަމުގައި ސަރުކާރުން އުފެއްދި އެސް.އެމް.އީ އިމްޕެކްޓް ފަންޑަކީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ވަނުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް މަގުފަހިކޮށްދިނުމަށް […]

ޙަބަރު

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވުމަށްޓަކައި، ނިޒާމީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އެފަދަ ކަންކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައިފިއެވެ. ރައީސް މި ފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނުތައް ނުހެދޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން ކަށަވަރުކުރާނެ ހަރުދަނާ އިޖުރާއީ ނިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. […]

ޙަބަރު

ދައުލަތް ހިފަހައްޓައިދޭ މުހިންމު މުއައްސަސާތަކުގެ އަގުވައްޓާލައި ނަފުރަތު ފެތުރުން ހުއްޓުވުމަށް، މިހާރު ހުރި ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް ގާނޫނީ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިޙުސާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އޮންނަ ރައްޔިތުންގެ އިތުބާރު ސިޔާސީ ބޭނުންތަކަށްޓަކައި ނަގާލައިގެން ނުވާނެ […]

ޙަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ އާންމުންގެ އަތުން މިލިއަނުން ރުފިޔާ އަތުލަމުންދާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެފަދަ ސްކޭމްތަކަށް ހޭލުންތެރިވެ، މަކަރާއި ހީލަތުގެ ޝިކާރައަކަށް ނުވުމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓް ނުވަތަ ގޯތި ހޯދުމަށް ފައިސާ ދައްކަން އެއްވެސް ފަރާތަކުން ބުނި ކަމުގައި ވިޔަސް، އެފަދަ ވާހަކަތަކަށް އާންމުން ހެއްލިގެން ނުވާނެ ކަމަށެވެ. ވަކި […]

އަޕްޑޭޓު
ޙަބަރު

ސްކޫލްތަކަށް ކުދިން ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވާތީ، އެކަށީގެންވާ ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް ހުރިހާ ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިފަދައިން މިނިސްޓަރު ވިދާޅުވީ،ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މި ދުވަސްވަރު ގަވާއިދުން ސްކޫލަށް ހާޒިރުނުވާ 8،000 އެއްހާ ދަރިވަރުން އެބަތިއްބެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލޭ […]

ޙަބަރު

އިކޮނޮމިކް މިނިސްޓްރީން ދެމުންދާ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް އަދި ލުއިފަސޭހަ ކުރުމަށްޓަކައި ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އޮގަސްޓް […]

ޙަބަރު

ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ނުލިބިގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ،ޑޮލަރުގެ އަގު އުފުލި، ބޭރު ފައިސާގެ ތާށިކަން ބޮޑުވުމުގެ އަސްލަކީ އޭރުގެ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކެވެ. އެގޮތުން ޑޮލަރުގެ ރޭޓު ވަކި ބޭންޑެއްގެ ތެރޭގައި ހިފެހެއްޓުމަށް […]

ރައްޔިތުންގެ މަޖިލިސް — ހިރިޔާ