ކުށްތައް ކުރިއާލާ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރަނީ: މިނިސްޓްރީ
ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ދެނެގަނެ، އެފަދަ ޢަމަލުތައް ހުއްޓުވޭނެ ފަދަ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ. މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ ބަޔާނުގައިވާ ގޮތުން، ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ދެނެގަނެ، ހުއްޓުވޭނެ ފަދަ ނިޒާމެއް ޤާއިމުކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. އެހެންކަމުން، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން އިތުރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް މިނިސްޓްރީން […]




