ޓްރާންސްޕޯޓް މިނިސްޓްރީ

ޙަބަރު

މިއަހަރުގެ ނިޔަލަށް ރާއްޖެއަށް އިތުރު 7 އެއާލައިނަކުން ފަތުރުވެރިން ގެންނާނެ: މިނިސްޓަރު އަމީން

މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އަލަށް 7 އެއާލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި, މި އެއާލައިންތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ހަނގުރާމައިގެ […]

ޙަބަރު

މާލޭގެ މަގުތަކުގެ ދަތުރުފަތުރާއި ތޮއްޖެހުމުގެ މައްސަލަތައް ޒަމާނީ ވަސީލަތްތަކާއެކު ބެލެހެއްޓުމަށްޓަކައި ހާއްސަ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް، އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.މަގުތައް ހަދާއިރު ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް […]

ޙަބަރު

މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ކުޑަ ފީއެއް ދައްކައިގެން ބޭނުންކުރެވޭނެ ހާއްސަ ޕާކިން ޒޯންތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހެދުމަށް ސަރުކާރުން ނިންމައިފާކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒިރު ސައީދު ވިދާޅުވީ މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި، ޕާކިން މައްސަލަ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސޯސަން މަގާއި ހީނާމާގެ ބިމުގައި ހުރި […]

ޙަބަރު

ލޭންޑިން ކްރާފްޓާއި ޓަގު ބޯޓު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެ އެވެ. މިނިސްޓްރީން މިކަމަށް އެދިފައި މިވަނީ، މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައިވާ ދަނޑިވަޅެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި […]