ސީ-ޓު-އެއަރ ކޯގާ

ޙަބަރު

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލު ކާގޯ ދަތުރުތައް ފަށައިފި

މެލޭޝިޔާގެ ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް ފަށައިފިއެވެ. އެމްއޭސީއެލް އިން މަޢުލޫމާތު ދޭގޮތުގައި، ރާޔާ އެއާވޭސްގެ މި ދަތުރުތައް ކުރަނީ މެލޭޝިޔާގެ ޕެނޭންގް އާއި މާލެއާ ދެމެދުގައެވެ. ހަފުތާއަކު ދެ ދުވަހު ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 200-767 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި މި ދަތުރުތަކުގައި […]

ޙަބަރު

ވޭތުވެދިޔަ މަހު ސީ-ޓު-އެއަރ ކާގޯ (ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ) ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު މުދާ ފޮނުވި އަދަދު އިތުރުވެ، މި ޚިދުމަތަށް ލިބެމުންދާ ތަރުހީބު ބޮޑުވަމުންދާކަން ހާމަކޮށްދޭ ކުރިއެރުމެކެވެ. އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ބޭނުންކޮށްގެން ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި މުދަލުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 88 އިންސައްތަ އިތުރެވެ. […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް މުދާ އުފުލައި، މިދިޔަ ޖުލައި މަހު އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. އެމްއޭސީއެލް އިން ބުނީ،މިއީ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ވީއައިއޭއިން ވަނީ މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ ގިނަ ޓްރާންޝިޕްމަންޓް ކާގޯ އުފުލައި، އެއަރޕޯޓުގެ ކުރީގެ ހުރިހާ ރެކޯޑުތަކެއް މުގުރާލާފައެވެ. މިއީ […]

ޙަބަރު

ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (އެމް.އެލް.އީ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ. މިއީ އެއަރޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެމްއޭސީއެލް އިން ހާމަކުރިގޮތުގައި،ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށެވެ. މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ […]

އަޕްޑޭޓު
ޙަބަރު

ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ “ސީ-ޓު-އެއަރ ކާގޯ” ޚިދުމަތުގެ ދަށުން، ނިމިދިޔަ މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ތެރޭގައި ޖުމްލަ 29 ޓީއީޔޫ ގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވައިފައެވެ. މި މުދާތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ […]