ތިލަފުށީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން: މިނިސްޓްރީ
ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހަމަޖެހިފައިވާ އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށާއި، މި މަޝްރޫއުގައި ބޭރުގެ އެއްވެސް ބައިވެރިއަކަށް ޚާއްސަ އިސްކަމެއް ނުވަތަ މަންފާއެއް ދީފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ، މި މަޝްރޫއަކީ ހަމައެކަނި ރާއްޖޭގެ ދިގުމުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި، މީޑިއާތަކުގައި ވަކި ގައުމަކަށް ބުރަވެ ސަރުކާރުން އަމަލުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ […]



