ވެޓް މާރުކޭޓް ހިންގުން މިފްކޯއާ ހަވާލުކުރަނީ
މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ “ވެޓް މާކެޓް” މަޝްރޫއު ނިމުމުން، އެތަން ހިންގައި ބެލެހެއްޓުމުގެ ހުރިހާ މަސްއޫލިއްޔަތެއް މިފްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެގްރޯނެޓް ވެސް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އާ މާރުކޭޓަކީ ދައުލަތުން އިތުރު ހަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި […]








