މަސްވެރިން
ކަނޑުއޮތްގިރި ފިޝް ވިލެޖް ގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިފްކޯއިން ހާމަކުރިގޮތުގައި،ދުވާލަކު 25 ޓަނުގެ އައިސް އުފައްދާ މި ޕްލާންޓްގެ ޚިދުމަތް ފެށުމާއެކު، މާލެ ކައިރީގައި ހަރަކާތްތެރިވާ މަސްވެރިންނަށް ކުރިމަތިވި އައިސްގެ ދަތިކަމަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ. އައިސް ޕްލާންޓުގެ އިތުރުން، ދުވާލަކު 3 ޓަނުގެ މަސް ބޭނުންކުރެވޭ ފެކްޓަރީއެއް މިމަހު ކަނޑުއޮތްގިރީގައި ހުޅުވާފައިވާއިރު، އެތަނުގައި ހިކިމަހާއި ރިހާކުރު ބަންދުކުރަން ވަނީ ރޭވިފައެވެ. މި ވަސީލަތްތަކުގެ ސަބަބުން […]
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކުރާ ޚާއްޞަ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް 19 ޖޫން 2026 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެންނެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްއިރު، މާލެ ސިޓީއިން ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ވަކި ލިމިޓެއްގެ ދަށުންނެވެ. އެގޮތުން މާލެއިން ބައިވެރިވެވޭނީ ފޯމު ހުށަހަޅާ […]
މޯލްޑިވްސް އިިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށްފިއެވެ. މިފްކޯއިން މަސްގަންނަ އަގުތަކަށް ގެނައި ބަދަލާއެކު، މިހާރު ކަޅުބިލަމަސް ކިލޯއެއް އެކުންފުނިން ގަންނަނީ، 18.50 ރުފިޔާއަށެވެ.މިއީ ކުރިން މަސް ގަންނަމުންދިޔަ އަގަށްވުރެ ބޮޑު އަގެކެވެ.ނަމަވެސް، ކަންނެލި ގަންނަ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އައު އަގުގައި މަސްގަތުމުގެ މަސައްކަތް މިފްކޯގެ މައިގަނޑު ބޯޓުފަހަރާއި މަރުކަޒުތައް ކަމަށްވާ ފެލިވަރު، ކޫއްޑޫ، އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ރާއްޖޭގެ އެކި […]
ކަނޑުތަކާބެހޭ ޢިލްމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސްޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ދުނިޔޭގެ ކަނޑުތަކުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ،ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި، މަސްވެރިކަން ވިލަރެސްކުރުމާއި، މެރިން ސައިންސް ކުރިއެރުވުމާއި، ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބިނާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލާއި ދިވެހި ކަނޑުތަކާ އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި، އިޤްތިޞާދާއި، ވެށީގެ ދުޅަހެޔޮކަން ބަރޯސާވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރައީސް […]
މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށް، މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފިއެވެ. މީގެ ކުރިން މަސް ގަންނަ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓް ކަނޑައަޅާފައި ވަނީ ދޮޅު ކިލޯއަށް ވުރެ ބަރުކޮށް ހުންނަ މަހަށެވެ. ނަމަވެސް މިހާރު މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް ވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެ އެވެ. މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، […]
މަސްވެރިކަމުގެ ސިނާއަތަކީ ހަގީގީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ، ރ ދުވާފަރުގައި ބޭއްވި، 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، މަސްވެރިކަމަކީ ދިވެހީންގެ ޝަހިސިއްޔަތާއި ގައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްގީކުރުމަށްޓަކައި، 6 ދާއިރާއަކުން ކަނޑައަޅާފައިވާ 6 […]
ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ ދުވާފަރުގައި ހުޅުވައިފި އެވެ. މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން […]
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރި އާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ގަވާއިދުން ފައިސާ ނުލިބުމެވެ. މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދިވެހިންގެ އަދަދު ދިޔައީ ދަށްވަމުންނެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު މިފްކޯއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތާ އެތައް ދުވަހެއްވަނީ ވެފައެވެ. ނުލިބިހުރި ފައިސާގެ އަދަދު 250 މިލިޔަނެއްހާ […]
45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ. ދުވާފަރުގައި ފަށައިފިއެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ދުވާފަރުގައެވެ. މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ. މިފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 […]
މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ރ. ދުވާފަރުގައި “މަސްވެރިންގެ ގުންޒަރު” ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ވަގުތުން ސަރުކާރުން ކުރަން ޖެހޭ ހޭދަ ވެސް ބޮޑު ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް […]









