ވަޒީރުންގެ މަޖިލިސް

ޙަބަރު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި، ގޭސް، މަޢުދަން އަދި ދިރޭ ތަކެތި ނޫން އެހެނިހެން ޤުދުރަތީ ވަޞީލަތްތައް ހޯދައި ނެގުމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްޗުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ނިންމުމާ އެއްގޮތަށް ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަޞީލަތްތައް ހޯދައި […]

ޙަބަރު

ވަކި ޙުކުމެއް ކުރެވިފައި ނެތި، ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ނިންމުމުގެ ދަށުން ޤާނޫނީ އަދި އިޖުރާއީ ގޮތުން ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބޭ މީހުން ނުވަތަ “ވާނުވާ” ގައި ތިބޭ މީހުންގެ މައްސަލަތައް […]

ޙަބަރު

ޤައުމީ ކުޅިވަރު ޓީމުތަކުގައި ހިމެނޭ އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި ބަޔަކަށް ހެދުމަށްޓަކައި، ޤައުމީ ޓީމުތަކުގައި ބައިވެރިވެވޭނީ ދުންފަތާ ދުރުހެލިވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން ރައްކާތެރިވުމަށް ހިންގާ ޤައުމީ ކެމްޕޭން ފުޅާކުރުމަށް، ރަށްރަށުގެ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރު ފަރާތްތައް ބައިވެރިކޮށްގެން ހޭލުންތެރިކަމުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފެތުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެއެވެ.މި ނިންމުން ނިންމާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ […]

ޙަބަރު

ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ސްކޫލް ނިޒާމުގެ ތެރެއިން ދުންފަތުގެ “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. 16 އޮގަސްޓު ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. […]

ޙަބަރު

ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ފިޔަވަޅުތައް އަޅަން ނިންމެވީ 28 ޖޫން 2026 ވީ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ސަރުކާރުގެ މަޝްރޫޢުތައް ބަލަހައްޓާ “ދުވެލި” ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ “ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށް ކެބިނެޓުން ވަނީ ނިންމަވާފައެވެ. އަދި އޭގެ […]