އިސްލާމިކް މިނިސްޓްރީ

ޙަބަރު

އިސްލާމްދީން ހިމާޔަތްކުރަން ވޭތުވެދިޔަ 900 އަހަރު ކުރި މަސައްކަތްތައް ހަނދާންކުރަންޖެހޭ: މިނިސްޓަރު ޝަހީމް

ވޭތުވެދިޔަ 900 އަށްވުރެ ގިނަ އަހަރުގެ ތާރީހުގައި ދިވެހިރާއްޖެއިން އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ދައުލަތުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކާއި، ކުރީގެ ވެރިންނާއި ރަސްރަސްކަލުން ކުރެއްވި މުހިންމު މަސައްކަތްތައް އަބަދުވެސް ހަނދާނަށް ގެންނަންޖެހޭ ކަމަށް އިސްމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ، މިއަދާ ހަމައަށް ރާއްޖެ މުސްލިމް ޤައުމެއްގެ ގޮތުގައި […]

ޙަބަރު

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 އިންސައްތަ އިތުރުވެ 17.37 މިލިއަން ރުފިޔާއަށް އަރާފަްައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ލިބިފައިވަނީ 12,040,524.09 ރުފިޔާއެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް […]

ޙަބަރު

ހުޅުމާލޭގައި ބިނާކުރާ 12 ބުރީގެ “ދާރުއްސަލާމް” ވަޤްފު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ޖުމްލަ 244.5 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ދީނީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ވަޤްފު ޢިމާރާތެވެ. ޖުމްލަ 20,000 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި ޢިމާރާތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު 20 ގައި ބިންގާ އެޅި، ރާއްޖޭގެ ދެވަނަ ވަޤްފު ޢިމާރާތް […]

ޙަބަރު

ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ބައިނަލްއަޤްވާމީ ކީރިތި ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ރާއްޖޭގެ އަލްޙާފިޡާ ފާޠިމަތު ޝާޔާ ޒާޙިރު މުޅި ދުނިޔެއިން ހަތަރު ވަނަ ޙާސިލްކޮށް، ގައުމަށް ރަންވަނައެއް ހޯދައިދީފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މުބާރާތުގެ ހަތަރުވަނަ ވަނައަށް ހޮވޭ ބައިވެރިއަކަށް ޚާއްޞަ އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް (170,000) ސައުދީ ރިޔާލް ކަނޑައަޅާފައިވެއެވެ. މިއީ މި މުބާރާތް ބާއްވަން ފެށި 46 އަހަރުގެ ދިގު ތާރީޚުގައި، އަންހެން […]

ޙަބަރު

އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓް މެދުވެރިކޮށް ގާއިމުކުރި ލިންކުތަކުން މިއަހަރުގެ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު އިތުރަށް ތަރައްޤީކޮށް އެ ފަންޑަށް އެހީތެރިކަން ހޯދުމަށް މީރާގެ ވެބްސައިޓްގައި ހުޅުވާލި ލިންކުތަކުން ބޮޑު ތަރުޙީބެއް ލިބެމުންދާ […]

ޙަބަރު

މި އަހަރުގެ މެއި މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މިއަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި އެކި އެހީތަކަށާއި މަޝްރޫއުތަކަށް ޒަކާތު ފަންޑުން 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. ޒަކާތު […]

އަޕްޑޭޓު
ޙަބަރު

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ 79 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދާ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެ މިނިސްޓްރީއިން ހާމަކުރިގޮތުގައި،މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫއު، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫއު، 16 ޤުރުއާން ސެންޓަރުގެ މަޝްރޫއުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫއުއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދީނީ އުމްރާނީ ބިނާތައް ބާރުދުވެލީގައި ތަރައްޤީކުރުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަަމަށް ވަނީ ބުނެފައެެވެ. އެ […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި، ވަގުތީ އިމާމުންގެ މައްޗަށް ބަރޯސާވާންޖެހޭ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ […]

ޙަބަރު

މިއަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ޒުވާން ޚަޠީބުންގެ ޢަދަދު 1,000 އަށް އަރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ޒުވާން ޚަޠީބުންގެ އިތުރުން، ރާއްޖޭގައި ތިބި ކީރިތި ޤުރުއާން ހިތުދަސް ކުރި ޙާފިޒުންގެ ޢަދަދުވެސް މިއަހަރުގެ ތެރޭގައި 350 އަށް ގާތްކުރާނެ ކަމަށް […]

ޙަބަރު

ހައްޖުގެ އެންމެ މުހިންމު އަދި އެންމެ މާތް އަޅުކަން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމާއި މުޒްދަލިފާގައި ރޭކުރުމުގެ އަޅުކަން، ދިވެހި ހުރިހާ ހައްޖުވެރިންވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1,019 ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. ހައްޖުވެރިން މިހާރު ވަނީ މުޒްދަލިފާ ދޫކޮށް، އަނބުރާ މިނާއަށް ވާސިލްވެފައެވެ. މުޒްދަލިފާގެ އަޅުކަން ނިމުމާއެކު، ދެން ހައްޖުވެރިންނަށް އޮތީ ހައްޖުގެ އެންމެ ބޮޑު އެއް ޝިއާރު ކަމަށްވާ ޖަމްރާތަކަށް ހިލައުކުމުގެ […]

އަޕްޑޭޓު
ޙަބަރު

ހިޖުރައިން 1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އިން (ވީއައިއޭ) ގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ހާމަކޮށްފިއެވެ. މި އިންތިޒާމުތައް ބަލަހައްޓަމުންދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެންނެވެ. ފްލައިޓްތަކުގެ ތާވަލާއި މައްކާ ރޫޓް: މިއަހަރުގެ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ […]

ޙަބަރު

ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލުކުރަމުން ދަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑީޑީ) ކުރައްވާފައިވާ ޓުއީޓަކަށް ރައްދުދެމުންނެވެ. މި ޓުއީޓްގައި ސަރުކާރުން ލިޔެފައި ދޭ އެއް ހުތުބާއެއް ކިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވާފައިިވެ އެވެ. މިނިސްޓަރ […]