ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީގެ ދަށުން، ޖުމްލަ 59 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީ މިދިޔަ މަހު ދޫކޮށްފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީގެ ދަށުން، ޖުމްލަ 59,213,000 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި މުއްދަތުގައި ޖުމްލަ 15,571 ފަރާތަކަށް މި މާލީ އެހީ ފޯރުކޮށްދެވިފައިވެއެވެ. […]
ފަހުގެ
އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ ދަފްތަރުން ޖުމްލަ 239 ފަރާތެއް އުނިކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުންނާއި، އެހެން މީހުން ބަލަހައްޓާ ކުދިންނަށް ދޭ އެހީގެ ޕްރޮގްރާމްގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ ދަފްތަރުން ވެސް ބައެއް ފަރާތްތައް ވަނީ އުނިކުރެވިފައެވެ. މިގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 84 ބެލެނިވެރިއަކާއި، ޖުމްލަ 154 […]
އަންހެން ކުދިން ބާރުވެރިކުރުވުމަކީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ފަސްޓް ޅޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މުޖުތަމައުތައް ބިނާކުރުމާއި، އައު އީޖާދުތައް ތައާރަފުކުރުމުގެ އިތުރުން ހެޔޮ އިޖުތިމާއީ ބަދަލުތައް ގެނައުމުގައި އަންހެން ކުދިން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ވަރުގަދަ، ސާބިތު މުޖުތަމައެއް ބިނާކުރުމަށްޓަކައި އެކުދިންގެ އަޑާއި، ހުނަރާއި، ލީޑަޝިޕްގެ ބޭނުން ހިފުމަކީ ކޮންމެހެން […]
މުސްތަގުބަލުގެ ލީޑަރުންނަށް ވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހިކޯށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް މުއިއްޒު މިއަދު ވަނީ މުޅި ދުނިޔޭގައި ތިބި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖުތަމައާ އެކު ސާބިތުކަމާއެކު ދެމިތިބުމަށް ގޮވާލައްވައިފައެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން އަންހެން ކުދިންނަކީ މުސްތަގުބަލުގެ ގާބިލު ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ، […]
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދަމުންދާ ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނީ ތަނބުތައް ޖެހުމުގެ އިތުރުން ދަގަނޑު އެތުރުމާއި ޝަޓަރިންގެ މަސައްކަތްތައް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢަކީ ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ […]
މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިތުރު ދެ މީހަކު ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއެ އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 286 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ބަލިން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،503 […]
ކްރެޑިޓް ރޭޓިންގ “ސީއޭއޭ2” އިން “ސީއޭއޭ1” އަށް މަތިކޮށް، ރޭޓިންގގެ އައުޓްލުކް “ސްޓޭބަލް” އަށް ބަދަލުކޮށްފައިވާކަން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސް އިން އިއުލާނުކޮށްފިއެވެ. މޫޑީސް އިން މިދިޔަ އޮކްޓޫބަރު މަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޭޓިންގއަށް މި ކުރިއެރުން ގެނެސްފައިވަނީ ކުރުމުއްދަތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް ފާހަގަކުރެވޭތީއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2026 ވަނަ އަހަރުގެ އެޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު […]
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި “ސަރުކާރުގެ ހިދުމާތު މަރުކަޒު” ގެ ނަމުގައި ހާއްސަ މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. މި ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ބެލުމުގެ ދަށުންނެވެ. މި ނިންމެވުން ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމަކުންނެވެ. މި ނިންމެވުމުގެ ދަށުން، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ 18 އަތޮޅުގައި ވަނީ މި މަރުކަޒުތައް ގާއިމުކުރައްވާފައެވެ. އެއީ: ސަރުކާރުގެ […]
ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނެފައިވަނީ، މި ހާދިސާ ހިނގާފަިވާ ކަމުގެ މައުލޫމާތު ލިބިފަި ވަނީ 2026 އޮކްޓޫބަރު 7 ވިލޭރޭ ދަންވަރު 02:55 ހާއިރު ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާވި މީހުންނަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް […]
ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭންކިންގ ހިދުމަތް ދިނުމާއި، ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ. މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން 4 ބިދޭސީއަކާއި ދިވެއްސަކު ބަލައިފާސްކޮށްފައިވާއިރު، ވިޔަފާރިކުރާ ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއްވެސް ވަނީ […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ “އަދަދު” ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޗީފް ގަވަރމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި ސްޕޯކްސްޕާސަން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެސެޓް ޑެކްލަރޭޝަން (މާލީ ބަޔާން) އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ފަސޭހަކަމާއެކު ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑް ކުރެވޭ […]
މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި އަޅާފައިވާ ތާރު ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ. އެގޮތުން އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް އެއްކޮށް ނިންމައި މިމަހު4 ވަނަ ދުވަހު ވަނީ އާމުންނަށް ހުޅުވާލާފައެވެ. މާލޭގެ މަގުތަކުގެ އުމްރާނީ ފެންވަރަށް ތަރައްގީކޮށް، މަގުތައް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މުހިންމު މަޝްރޫޢު ނިމުމުން، ވެރިރަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް […]










