ފަހުގެ

ސަފުހާ 58 / 192

ޙަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް (މުންދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ޙުސެއިން ޝަރީފް އެ މަޤާމަށް މި އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ހީނާ ވަލީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. މުޙައްމަދު ޙުސައިން ޝަރީފަކީ ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން މުންދު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ […]

ޙަބަރު

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް ހަސަން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހަސަން ރަޝީދަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިޤްރާރުގައި ހަސަން ރަޝީދު ވަނީ ސޮއިކުރައްވާފައެވެ. ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން […]

ޙަބަރު

ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާ ސުނާމީ ބިނާ މައިޒާން މަރާމާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފަ އެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން މި މަސައްކަތް ފަށައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނީ ސުނާމީ ބިނާ މައިޒާން މަރާމާތުކުރުމުގެ ޕިޒިކަލް ހުރިހާ މަސައްކަތެއް މިމަހުގެ 2 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. އެތަނުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން ބިންގަނޑު އަލުން އެއްވަރުކޮށް، ގާ ޖަހާފައިވާއިރު މޫދާ ދިމާލަށް އޮންނަ ފާރުގައި ވަނީ ފެންސު ޖަހައި […]

ޙަބަރު

ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. މި ގެންނެވި ބަދަލުތަކާއެކު، އަލަށް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހަށް މިއަދު ޢައްޔަންކުރެއްވި 12 ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، ހުރިހާ ވަޒީރުން ވަނީ […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި މިހާތަނަށް ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދައްކައި، ރާއްޖެ ބަނގުރޫޓްވުމުގެ ބިރުން ސަލާމަތްކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް ދައްކަންޖެހޭ ފައިސާ މި މަހުގެ ތިން ވަނަ ދުވަހު ސަރުކާރުން އެއްކޮށް […]

ޙަބަރު

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ. އެގޮތުން، ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ: ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ހެލްތު މިނިސްޓަރު އަބްދުﷲ ނާޡިމް އިބްރާހީމް ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހީމް ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބައި-އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިއަދު ހެނދުނު 10:00 އިން […]

ޙަބަރު

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލުކޮށް، އައު މަގުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން […]

ޙަބަރު

އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް އިސްތިއުފާ ދެއްވައިފި އެވެ. މިނިސްޓަރ މާރިޔާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ވަރަށް ގިނަ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވަމުންދާ ދަނޑިވަޅެއްގަ އެވެ. މިގޮތުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް […]

ޙަބަރު

ހެލްތު މިނިސްޓަރުގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ. ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ވަރަށް ގިނަ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވަމުންދާ ދަނޑިވަޅެއްގަ އެވެ. މިގޮތުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ‘ހިރިޔާ’ އަށް ވަނީ […]

ޙަބަރު

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއި މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީން ބުނީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމީ، ވީހާވެސް ގިނަ ރައްޔިތުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. މީގެ ކުރިން ނިންމާފައި އޮތީ […]

ޙަބަރު

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، ފަހުމީ އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިއަދު އެވެ. ފަހުމީ މި މަގާމަށް އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްމަތީން މުހައްމަދު މީގެ ދެ ދުވަސް ކުރިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ […]