މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވައިދެއްވާފައިވާ “ރަސްމާލެ” މަޝްރޫޢުގެ ބިން ހިއްކުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އިޢުލާން ކުރައްވައިފިއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހިނގަމުންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މި މަޝްރޫޢުގެ ދަށުން މިހާތަނަށް 504 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގެ […]
ފަހުގެ
މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަސްވަނަ ސެގްމެންޓްގެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަން އެމްޓީސީސީން ހާމަކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ސެގްމެންޓް 5 ގައި ހިމެނޭ ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި ކަމަށެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ނަރުދަމާ […]
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ. މި މައްސަލައާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ހާއިރު އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް […]
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (ެލިޖެންސް (އޭއައި) ބައްޓަންކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާ ވެސް ހިމެނިފައި އޮތުން ކޮންމެހެން ބޭނުންތެރި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ “ގާލްސް އިން އައިސީޓީ” ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ މީސްމީޑިއާގައި ޕޯސްޓެއް ހިއްސާ ކުރައްވާ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށް ވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފަ އެވެ. “ތަރައްޤީއަށްޓަކައި […]
ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ވިޔަފާރި ކާމިޔާބީތަކެއް ހާސިލްކޮށްފި އެވެ. ކުންފުނިން އާންމުކޮށްފައިވާ ތިންމަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް ކުންފުންޏަށް ޖުމްލަ 5.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ކުންފުނީގެ ވިޔަފާރި ފުޅާވެ، ހާއްސަކޮށް ތެލުގެ ވިޔަފާރި ރަނގަޅުވެ، ބަންކަރިން ހިމެނޭ ގޮތަށް ވިއްކި ތެލުގެ ޢަދަދު 27 […]
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ފުލުހުން އެއްވެސް ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ނާޒިމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް […]
ގަނާކުރުން ނުވަތަ ބުލީކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، ގަނާކުރުމާއި އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ އަމަލުތަކުގެ ސަބަބުން […]
ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި ޖުމްލަ 11 ހެކްޓަރުގެ ބިން ވަނީ އަލަށް ހިއްކާފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި ޖުމްލަ 396،000 ކޮޑި މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ފަދައިން، މި މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވަނީ ނިންމާލެވިފައެވެ. މި […]
ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ މުޙައްމަދު ހާނިމް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފި އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. ކުޅިވަރު ޤާނޫނުގެ ދަށުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމު އުފައްދާފައިވީ ނަމަވެސް، އޭނާގެ ނައިބެއްގެ މަޤާމަކީ މީގެ ކުރިން ބޭނުންކޮށްފައިވާ މަޤާމެއް ނޫނެވެ. ކުޅިވަރު ކްލަބް […]
މާލޭގައި ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރިއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ދޮގުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ ކަސްޓަމްސް ބިލްޑިންގު ފަހަތުގައި މުޒާހަރާގެ ބައިވެރިން ތިއްބައެވެ. އެ ސަރަހައްދުގައި ހުރި މީހަކު ކުއްލިއަކަށް ވެއްޓި، ހާލު ދެރަވުމާ ގުޅިގެން އޭނާ އުފުލާލައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރި ގޮތުގައި، އެ މީހާގެ ހާލު […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް ދޭއްގެ ކަފިހިހުރަސް ސަރަހައްދުގެ ފުރާޅު މަރާމާތު ކުރުމުގެ މުހިންމު މަސައްކަތެއް ފެށުމަށްޓަކައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ. އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުތައް އަމަލީ ގޮތުން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާނޭހެން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ […]
ސަޢުދީ ޢަރަބިއްޔާއިން ދުނިޔޭގެ އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދޭން ނިންމައިފިނަމަ، އެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިވަގުތު އެއްވެސް ޤައުމަކަށް ކޯޓާ އިތުރުނުކޮށް އޮތީ މައްކާއާއި މަދީނާގައި ކުރިއަށްދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު […]










