ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ބޭނުންވި ނަމަވެސް، އެކަމަށް އިގްތިސާދީ އަދި އޮޕަރޭޝަނަލްބޮޑެތި ގޮންޖެހުންތަކެއްއެބަހުރި ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޓިކެޓް އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބައެއް ރޫޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުމެވެ. މިނިސްޓަރު އަމީން ވިދާޅުވީ، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކޮށް، އެ […]
ފަހުގެ
މިހާރުގެ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް ވެރިކަން ނުލިބުނު ނަމަ މިހާރު ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިބާޒާރުގައި ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށް 2024 ވަނަ އަހަރު ލ. މާވަށުގައި މިނިސްޓަރު ސަޢީދު ވެވަޑައިގެންނެވި ވައުދަށް އިޝާރާތްކުރައްވައި، ސަރުކާރުން ގަސްތުގައި ޑޮލަރުގެ އަގު ދަށްނުކޮށް ހިފަހައްޓަނީތޯ ނޫސްވެރިއަކު މިއަދުގެ ބައްދަލުވުމުގައި ސުވާލުކުރިއެވެ. މިނިސްޓަރު އެ ސުވާލަށް ޖަވާބު ދެއްވަމުން […]
ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ފިޔަވަޅުތައް އަޅަން ނިންމެވީ 28 ޖޫން 2026 ވީ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ސަރުކާރުގެ މަޝްރޫޢުތައް ބަލަހައްޓާ “ދުވެލި” ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ “ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށް ކެބިނެޓުން ވަނީ ނިންމަވާފައެވެ. އަދި އޭގެ […]
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮއްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް […]
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ އީ-ކޮމާސް ވެބްސައިޓްތަކުގައި ކުރާ މުޢާމަލާތްތަކަށް ދާދިފަހުން ކަނޑައަޅާފައިވާ ލިމިޓްތަކަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ވަނީ މި ބަދަލުތަކުގެ ފައިދާ މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފައިވާކަން ހާމަކުރައްވާފައެވެ. ވިޔަފާރިތަކަށާއި އަމިއްލަ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، […]
ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަހަރުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ދޫކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުންދޭ ބޯހިޔާވަހިކަމަކީ، ވަކި މީހަކަށްވުމުން ދޭނެ އެއްޗެއް ނޫން ކަމަށެވެ. މީގެއިތުރުން ރައީސް ވިދާޅުވީ، ކުރީގައި […]
ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުޞަތުތައް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް ވިދާޅުވީ، ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ. “ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަ. ކޮންމެ ފުލުހަކީވެސް ޤާނޫނު ނަގަހައްޓައި، […]
ށ. ފުނަދޫގައި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ “އިސްރަށްވެހިންގެ ހިޔާވަހި” ގާއިމުކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) .އާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލް ޢަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން އެވެ. އެގޮތުން،ޖުމްލަ 37.46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ […]
ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރަކަށް ރިޝްވަތު ދެއްވި ކަމަށް ކުރީގެ ސީޕީ ހުސައިން ވަހީދު ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވައި،މުންދު ވަނީ ރައީސް މުއިއްޒަކީ ކުށެއް ނެތް، ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން ދެއްވާފައެެވެ،މުންދު ވަނީ،ރައީސް އަކީ ވައްކަމާއި ކޮރަޕްޝަންގެ އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެ މައްސަލައިގެ ދޮގު ބަޔާން ދިނުމުގެ ދައުވާ ކޯޓުން ބާތިލު […]
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގެ ޚިދުމަތްތައް އަވަސްކޮށް، އުޅަނދުފަހަރަށް ހުއްދަ ހޯދުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ. އެމްއޭސީއެލް އިން ބުނީ، “ހާބަރ ޕޯޓަލް”ގެ ނަމުގައި ތަޢާރަފުކުރެވޭ މި ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައްރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާގުލޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. އޭގެ އިތުރުން، މި ޕޯޓަލްގެ މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން […]
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ. މި މަޝްރޫޢަކީ އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވާއިރު، ކުރިއަށްއޮތް ބުދަދުވަހު މަގުގައި ތާރުއަޅަން ފެށުމަށް ވަނީ ނިންމާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ތައްޔާރީތަކަށްޓަކައި ޖޫން 25 ވާ ބުރާސްފަތި ދުވަހުގެރޭ 23:50 އިން ފެށިގެން، ކާނިވާ ހިސާބުން ތާރުއަޅަން […]
އިންތިޚާބީ މަންދޫބުން މަޤާމާ ޙަވާލުވުމަށްފަހު، ސިޔާސީ ވަކި ފިކުރަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށް އިންޞާފުވެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ސިލްސިލާ ޕޮޑްކާސްޓް “ނޭޝަން ޗެޓް”ގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޤައުމުގެ ކަންކަން […]











