ފަހުގެ

ސަފުހާ 17 / 192

ޙަބަރު

ގާނޫނާ ހިލާފަށް ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އާންމުންގެ ކިބައިން އެދިއްޖެއެވެ. ފުލުހުން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ލައިސަންސަކާ ނުލައި ޣައިރު ޤާނޫނީކޮށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުން ހިއްސާކުރުމަށް އެދޭ ކަމަށެވެ. މިފަދަ މައުލޫމާތެއް ލިބިފައިވާނަމަ ޓާސްކް ފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖެއް ފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، މި […]

އަޕްޑޭޓު
ޙަބަރު

މާމަމެންނާއި ކާފަމެންނަކީ ކޮންމެ އާއިލާއަކަށްވެސް އަގުނުކުރެވޭނެ ފަދަ ބޮޑު ނިއުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މާމަމެންނާއި ކާފަމެންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.މެޑަމް ވިދާޅުވީ މާމަ އަކަށް ނުވަތަ ކާފައަށް ވުމަކީ ހަޔާތުގެ ވަރަށް ހާއްސަ އަދި ބާއްޖަވެރި އިހުސާސެއް ކަމަށެވެ. މެޑަމް ވިދާޅުވީ، ކޮންމެ އާއިލާއަކަށް އަގުނުކުރެވޭ ބޮޑު ނިއުމަތެއް ކަމަށާއި، ފުރިހަމަ ސިއްހަތާއި އުފާ ފާގަތިކަން ދިވެހި ކޮންމެ ކޮންމެ މާމައަކާއި ކާފައަކަށް އެދޭ […]

އަޕްޑޭޓު
ޙަބަރު

މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވި ކުއްޖާ އަދި އިމާރާތުން ވެއްޓި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިދެ ހާދިސާގެ ސަބަބުން, މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާަސްތަކެއް ކޮށްފިކަމަށެވެ. ރައީސް ވަނީ އެ ދެކުދިންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ވަނީ އެ މަރްހޫމުން ސުވަރުގޭގައި ލެއްވުން އެދި ދުއާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ‏މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި، ގޭސް، މަޢުދަން އަދި ދިރޭ ތަކެތި ނޫން އެހެނިހެން ޤުދުރަތީ ވަޞީލަތްތައް ހޯދައި ނެގުމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްޗުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ނިންމުމާ އެއްގޮތަށް ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަޞީލަތްތައް ހޯދައި […]

ޙަބަރު

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 އިންސައްތަ އިތުރުވެ 17.37 މިލިއަން ރުފިޔާއަށް އަރާފަްައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ލިބިފައިވަނީ 12,040,524.09 ރުފިޔާއެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް […]

ޙަބަރު

މާލެ ސަރަޙައްދުގެ މަގުމަތީ ބުޅާ ގިނަވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ ވަކި ރަށެއް “ކެޓް އައިލެންޑް” އެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މާލެ ސަރަޙައްދުގައި މަގުމަތީ ބުޅާ ގިނަވުމުގެ ސަބަބުން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި […]

އަޕްޑޭޓު
ޙަބަރު

ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތަކީ މުޖުތަމައަށް ބޭނުންތެރި ފަންނީ ދާއިރާތަކަށް ކުޑަކުދިންނާއި ޒުވާނުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެކެވެ.. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް […]

އަޕްޑޭޓު
ޙަބަރު

ހުޅުމާލެ ފޭސް 2 ގެ “އަމާން އުދަރެސް 2” ފްލެޓްގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ވެއްޓުނު 16 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:35 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ އިމާރާތުން ވެއްޓުނީ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށެެވެ.އެ ކުއްޖާ ފްލެޓުން ވެއްޓެން މެދުވެރިވި އަސްލު ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، […]

ޙަބަރު

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ ހަގީގީ އާމްދަނީ އޮޅުވާލުމާއި ސިއްރުކުރުން ހުއްޓުވުމަށްޓަކައި، ޒަމާނީ ޑިޖިޓަލް ނިޒާމެއް ސަރުކާރުން ތަރައްގީ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި އިސްލާހުގެ އިތުރުން އެހެން ބައެއް މުހިންމު ބިލުތައް ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި،ރައީސް ވިދާޅުވީ ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކުން 40 އިންސައްތަ ޑޮލަރު މާރުކުރުން 1 ސެޕްޓެމްބަރު 2026 އިން ފެށިގެން ލާޒިމުކޮށްފައިވާއިރު، ރައީސް […]

އަޕްޑޭޓު
ޙަބަރު

ސަރުކާރުން ބިލުތައް އެކުލަވާލައި، ފާސްކޮށް، ތަޞްދީޤުކުރަނީ ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި 7 ބިލެއް ތަޞްދީޤުކުރެއްވުމަށްޓަކައި، ރައީސް އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ބިލުތައް ތަޞްދީޤުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރައްޔިތުންނަށް ފައިދާކުރާނެ ބިލުތަކެއްކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވެގެންދާނެ ކަމަށް […]

އަޕްޑޭޓު
ޙަބަރު

ގަވާއިދާ ޚިލާފަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ނޫން ގޮތްގޮތަށް މަގު ހުރަސްކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، މިމަހުގެ26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދުއްވާ އުޅަނދުތަކާއި، އޭގެއިން ދަތުރުކުރާ މީހުންގެ އިތުރުން މަގުތައް ބޭނުންކުރާ ހިނގާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ހުރިހާ ކަމެއް ޒަމާނީ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކިން ހުންނަ ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅައި ކުއްޔަށް ދިނުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި “ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އިޤްތިޞާދީ އަދި އެނޫންވެސް ބޭނުންތަކަށް ދޫކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ބިލަކީ […]

އަޕްޑޭޓު