ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީ ދައްކާނެ ކަމަަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ މިނިސްޓަރު މިހެން ވިދާޅުވީ އޭލެވަލްއަށް ކިޔަވަން އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލާއި ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސްކޫލަކަށްވަންނަށް ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް […]
ފަހުގެ
ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު […]
ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފިއެވެ ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި އައިނު ފިހާރައަކީ ސަރުކާރުގެ ދެވަނަ އައިނު ފިހާރައެވެ. މީގެ ކުރިން ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ, ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ދެވަނަ އައިނު ފިހާރަ، “އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ” ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ […]
ހދ.ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ ކުރިނބީގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ ކުރިނބީގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑ.ީސ.ީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ. 300 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫއުގެ […]
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހދ. ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އަދި ކުރިނބީގެ ކައުންސިލުގެ ރައީސް އަބްދުالله އަސްލަމް އެވެއެ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު […]
ހދ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަކުނުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ މި ރަސްމިއްޔާތުގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމެވެ މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ […]
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށްފަހުއެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ މި […]
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި، މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމައި، އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ވެސް ނިމިއްޖެއެވެ މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި މަޝްރޫޢަކީ 144 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، އޭގެ ތެރެއިން […]
ވަޒީފާގެ މަސައްކަތުގެ މައުލޫމާތު ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް އިންފޮމޭޝަން އެންޑް އާޓްސްއާއި ގުޅިގެން ކުރިއަށް ގެންދާ ބަދަހި ޕްރޮގްރާމްގެ ދަށުންނެވެ. މި ސެޝަންގައި ބައިވެރިންނަށް ވަޒީގެ ފުރުސަތުތަކާ، ވަޒީފާގެ މާހައުލުގެ މައުލޫމާތާއި، މާލޭ ކޮމާޝަލް ހާބަރުގެ މައުލޫމާތާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ. އަދި ވަކިވަކި ޑިޕާޓްމެންޓްތަކުން ކުރަމުންދާ ހާއްސަ މަސައްކަތްތައް ބައިވެރިންނަށް […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅޭ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެއެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ފުލުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމުގައި އެއާޕޯޓުގައި މިހާރު ހަދާފައިވާ އެމަޖެންސީ ޕްލޭންއާއި އެ ޕްލޭން ތެރޭގައި ހުރި މުއައްސަސާތަކުގެ ޒިންމާތަކާއި އެމަޖެންސީ ހާލަތެއްގައި އެއާޕޯޓްގައި ހިންގަން ފަށާ އެމަޖެންސީ ވަސީލަތްތައް އަދި އެއާޕޯޓުގައި ގާއިމުކޮށްފައިވާ އިންސިޑެންޓް […]
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލުކުރުމަކީ އެ މަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެއެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެކަން ކުރައްވަން ބޭނުންފުޅުނުވާތީ އެކަން އިސްލާހުކުރުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަރިހުގައި ދަންނަވާފައިވާނެ […]
ހދ. ނޮޅިވަރަންފަރު ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައެވެ. އެގޮތުން އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. މި މަޝްރޫޢަކީ 138.39މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް […]











