މި ސަރުކާރުން އިޢުލާނުކޮށްފައިވާ “5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު” ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި […]
ފަހުގެ
ވީއައިއޭ ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެފެކްސް އަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެންނެވެ. 8 ސެޕްޓެމްބަރު 2025 ގައި ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ […]
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަޤްޞަދުގައި، އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކު ފަހުމުނާމާއެއްގައި ސަރުކާރުން ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ މި މަޝްރޫއަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެކެވެ. އައްޑޫ […]
ނިމުނު އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 15.6 އިންސައްތަ ދަށްވެފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި ދަޢުލަތަށް ލިބުނު އާމްދަނީވެސް ވަނީ 4.9 އިންސައްތަ އިތުރުވެފައެވެ މާލީ ވުޒާރާއިން އާންމުކޮށްފައިވާ “ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް” ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 28ވަނަ ދުވަހުގެ ނިޔަަލަށް ދައުލަަތަށް 25.3 ބިލިޔަން […]
ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް ހެދުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުالله ރާފިއުއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ […]
ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަޑަޖެހުމުގެ މަސައްކަތްތައް މިއަދު ފަށައިފި އެވެ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ އިން ވަކިކޮށް ނިމޭބިންތައް އޭގެ ވެރިފަރާތްތަކާއި އެ ވުޒާރާއިން ގުޅައި އެފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށޭ ހަފްތާތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށާއި ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަނޑަޖެހުމުގެ މަސައްކަތްތައް […]
އިތުރު ފަސް އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ ބޭސްލައިން ސާވޭ މި މަހާއި އަންނަ މަހު ކުރިއަށް ގެންދާނެ ކަމަށާއި ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ހަދަންޖެހޭ ސާވޭ މި މަހު ފެށުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ. އަލަށް އާރްޓީއެލް ހިދުމަތް ފަށަން ނިންމާފައިވާ އަތޮޅުތަކުގެ ތެރޭގައި މ. ފ. ދ. ތ. ގެ އިތުރުން ލ. އަތޮޅު ހިމެނެއެވެ. މިހާރު ރާއްޖޭގެ […]
މިދިޔަ ހަފުތާގެ ތެރޭގައި 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ އެމްޕީއެލް އިން އާންމުކުރި ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރާއި 40 ފޫޓުގެ 403 ކޮންޓެއިނަރު ހިމެނެއެވެ މިދިޔަ ހަފުތާގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. މިގޮތުން 14،540 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 11،617 ޕެކޭޖުގެ ފިޔާ، 5،415 ޕެކޭޖުގެ […]
މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ މިއީ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގެ އެކްޓިވް މަދަނީ ޖަމްއިއްޔާތަކަށް ބޭއްވި ފޯރަމެކެވެ މި ފޯރަމްގައި 69 އެންޖީއޯ، 30 ޑަބްލިޔުޑީސީސް އަދި 6 އަތޮޅު ކައުންސިލުން ވަނީ ބައިވެރިވެފައެވެ މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ މި ފޯރަމްގައި ނަގައިދިން ބައެއް ސެޝަންތަކުގެ ތެރޭގައި އެންޖީއޯ ޓްރެކް އެންޑް ރިޕޯޓިން، އެންޖީއޯ އިން ޕީސް އެން ސެކިއުރިޓީ، […]
ދިވެހިރާއްޖޭގެ އެންމެ ބޮޑު މެރައިން ރިސާރޗް ސެންޓަރު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ހުޅުވައިފިއެވެ މި ރިސަރޗް ސެންޓަރު ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާއްޓައި ބެހޭ ވަޒީރު ތާރިގް އިބްރާމްއާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ. މިރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާންއާއި ޗީފް އޮފް ޑިފެންސް ފޯރސް އިބްރާހިމް އިލްމީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ރިސޯޓުގެ އިސްވެރިންނާއި ރިސަރޗް ސެންޓަރގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ މި ސެންޓަރަކީ ރާއްޖޭގެ […]
މިދިޔަ މަހު ވޭޕްގެ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާކޮށްފިއެވެ ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިދިޔަ މަހު ވޭޕާއި ގުޅުންހުރި 11 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރިޕޯޓުކުރި 11 މައްސަލައިގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕްއާ އެފަދަ އާލާތްތައް ގެންގުޅުމުގެ 4 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައެއްގެ އިތުރުން ވޭޕާއި ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 30 މީހަކު […]
ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ […]











