އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އައު ސިޔާސަތުތަކެއް ކަނޑައަޅައިފިއެވެ. އައު ސިޔާސަތުތަކާއި އެކު، މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މިސްކިތް އެޅުމަށް […]
ފަހުގެ
މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުއަށް، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން 10 މިލިއަން ޑިލަރުގެ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ލިބޭނެއެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސްއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް […]
އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ސިއްހީ ދާއިރާގެ ހުރިހާ ހިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އުފަންވާ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ ކުދިންގެ ޞިއްޙަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ ތާރީޚީ ލިއުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ. […]
ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ހާއްސަކޮށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށެވެ. އަދި އެގާނޫނު 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، 100،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށެވެ. މިމަހުގެ […]
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 1 (އެކެއް) މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ […]
ރައްޔިތުން ބޭނުންނުވާ ކަމެއް މި ސަރުކާރުން ނުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ހިންގެވުމަށް ނިންމެވި ބިންހިއްކުމުގެ މަޝްރޫޢު ހިންގަން މިހާރު އެ ރަށު ރައްޔިތުން ބޭނުން ނުވާތީ، ދެން އެ މަޝްރޫޢު ކުރިއަށް ނުގެންދަވާނޭކަން އިޢުލާންކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ރަށްރަށުގައި އެކި މަސައްކަތްތައް ހިންގެވުމަށް ވަޢުދުވެވަޑައިގަންނަވަނީ، އެ ރަށެއްގެ ރައްޔިތުން އެ ކަންކަމަށް […]
ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނަމަވެސް، އެ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. ރައިސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ތިން ހަފްތާ ކުރިން އެއްބަސްވުމުގައި ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫއު އެ ރަށުގައި ކުރިއަށް ނުގެންދަވާނެކަމަަށެވެ. އެގޮތަށް ރައީސް ނިންމެވީ މަޝްރޫއު ހިންގަން ރައްޔިތުން ބޭނުން ނުވާކަން އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަތުމުންނެވެ. ރައީސްގެ މި ނިންމެވުމާ […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ފުލް ސްކޭލް އެމަޖެންސީ އެކްސްސަސައިޒް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ. މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވެފައިވާއިރު, ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތް ނިމުމުން ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ވަނީ ބައްދަލުވުމެއްވެސް ބާއްވައި ފައެވެ. މި ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ. އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު […]
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވި، ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ގްރޯއިން އިންސްޓޯލްކުރުމުގެ މަސައްކަތް 88 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ޖިއޯ ބޭގް ރިވެޓްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތުގެ 48 އިންސައްތައިގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތާއެކު […]
ޝަކުވާ ކުރައްވަން ބޭނުންނުވާ ކަމަށާއި އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މަހުލޫފު ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. މިހެންވެ، އެމްޑީޕީން މަހުލޫފު ވަކިވެވަޑައިގެންނެވީ ސަރުކާރުގެ މަގާމަކަށް ދިއުމަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ. ނަމަވެސް ފޭސްބުކްގައި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ ކަމަށާއި ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް ކަމަށެވެ. […]
ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އަދި އިންސާފުގެ ބެލެނިވެރިންގެ ގޮތުގައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން ކުރިއަށްގެންދިޔަ ‘ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ’ ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސީޕީ ޒަރީރް ވިދާޅުވީ މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި ފެށުނީ މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއްގެ ފެށުން ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަނަލް […]
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ބައިގައި، 132 މީޓަރުގެ ޝީޓް ޕައިލް އަޅައި ނިންމާލައިފި އެވެ. ބޮޑުތަކުރުފާނު މަހު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް މިހާރު ވަނީ މަހުގެ ބައެއް ބަންދުކޮށްފަ އެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ އެ މަގު ފުޅާކުރުމަށާއި އާ ބަނދަރު ތޮށި ހެދުމަށް ބޭނުންވާ އެންކަރިންގ އަދި ބިންހިއްކުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދާ ކަމަށެވެ. މި މަޝްރޫއުއާއެކު، […]











