ސަލްމާން މިސްކިތުގައި ގާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފިއެވެ. ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީކް ލައިބްރަރީއަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވި ލައިބްރަރީއެކެވެ. މި ލައިބްރަރީގައި 15،000 އަށްވުރެ ގިނަ ފޮތް ބަހައްޓާފައި ވެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ލައިބްރަރީ ހުޅުވާފައި ހުންނަ ގަޑިތައް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ލައިބްރަރީގެ ހިދުމަތް، ކޮންމެ އާދިއްތަ ދުވަހަކުން، ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:30 އިން […]
ފަހުގެ
އެކި ސަބަބުތަކާ ހުރެ، މިިދިޔަ އޯގަސްޓް މަހު 129 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓް މަހު ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންގެ އިތުރުން ވިސާއާ ހިލާފުވި 87 ބިދޭސީއެކެވެ. ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ގައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ […]
ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ރޭ ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، ގިނަ ގައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްގީވަމުން އަންނަ […]
އަންނަ ހުކުރުދުވަހު އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ ސިޔާސީ އެއްވުމުގައި، ކުށްކުރާ ގުރޫޕްތައް ނެރެ ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތީން، ސުލްހަވެރިކަމާއެކު ކުރިޔަށްގެންދާ ހަރަކާތްތަތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހަށްދުތަކުގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއް ކަމަށެވެ. ނަމަވެސް، ފުލުހުން […]
މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން 2.2 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވިކަން ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓާއި ގުޅިގެން، އެކަމުގައި އިހުމާލުވި މުވައްޒަފުންނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ފެނަކައިން ބުނެފިއެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށް ފެނަކައިން ޖުމްލަ 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި، ކުންފުނީގެ އާންމު އޮޕަރޭޝަންތަަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، އެވަގުތަށް މުހިންމު […]
ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ މަގާމުތަކުގައި ތިއްބައި ކުށަށް ފިޔަވަޅު އެޅުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. އިހުސާން ކުރައްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށެވެ. ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށް އިހުސާން ވިދާޅުވި އެވެ. މި ފުރުސަތު ފާއިތުވި 15 އަހަރު ލިބި، މިކަން ނުކޮށް، ސިޔާސީ […]
މިއަހަރުތެރޭ 100 ދިވެހިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެރެނު ބަޔާނެއްގައި ހަލީމް ވިދާޅުވީ، ހިތުގެ ބަލިތަކަކީ މިހާރުވެސް ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބުކަމުގައި ވީނަމަވެސް، އެއީ އެންމެ ބޮޑަށް ރައްކާތެރިވެވިދާނެ ބަލިތަކުގެ ތެރެއިން އެއް ބަލިކަމަށެވެ. އެގޮތުން، ހޭލުންތެރިކަމާއި، ރައްކާތެރިވުމާއި ވަގުތުން ފަރުވާ ހޯދުމުގެ ސަބަބުން ފުރާނަތަކެއް ސަލާމަތްކޮށް، ސިއްހަތު ރަނގަޅު […]
ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް، ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތުދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، އެންމެ […]
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ. ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 28 ވަނަ ދުވަހުގަ އެވެ. އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ. މި މަސައްކަތް ކުރިއަށްދާނީ […]
ވ އަތޮޅުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށްގެންދާނީ މަސްވެރިންނާއި މަޝްވަރާކޮށް، މަސްވެރިންގެ ހިޔާލާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ކެއުޅުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. މިއީ ރައީސް ކެއުޅުންނާއި ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ހިއްސާކުރައްވާފައެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި […]
ރާއްޖޭން މަރުވާ މީހުންގެ 84 އިންސައްތަ މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. ހެލެތް މިނިސްޓްރީން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގަ އެވެ. މިނިސްޓްރީގެ ބަޔާނުގައި ބުނީ، ހިތުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބަލިކަމަށެވެ. ރާއްޖޭގައިވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ 84 އިންސައްތައަކީ މިފަދަ ބަލިތައް ތަހައްމަލު ކުރާ […]
އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމައިފި އެވެ. މިކަން އިއުލާންކުރައްވާފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން، އަންނަ އަަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ބީއެމްއެލް ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރެވޭނެކަމަށެވެ. އަދި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރާއިރު، ޕްލެޓިނަމް […]











