ފަހުގެ

ސަފުހާ 119 / 192

ޙަބަރު

މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫޕް، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފި އެވެ. މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައިވަނީ މިހާރު ކުރިޔަށްދާ ޕީއެންސީގެ ބޮޑު ޖަލްސާގަ އެވެ. މި ޖަލްސާގައި މަހުލޫފްގެ މެމްބަަޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. މަހްލޫފް އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެއަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގެން، މަޖިލީހުގައި […]

ޙަބަރު

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ) އިން މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މާލެ އައިސްފި އެވެ. މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ. ޖަލްސާގައި ހަމައެކަނި ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ރައީސް ޑރ. މުއިއްޒެވެ. މިއީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ. މި […]

ޙަބަރު

ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ނިލަޔަށް 93 ފަރާތަކަށް އައިވީއެފްގެ ފަރުވާއަށް ޖުމްލަ 7.13 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާއިން ބުނެ އެވެ. ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 […]

ޙަބަރު

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުން 3،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބިން ހަވާލުކޮށްފި އެވެ. ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް ފެށުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. އެ ޕްރޮޖެޓްގެ އެއް ބަޔަކީ، މާލީ އިދާރާތަކާ ގުޅިގެން ހައުސިންގ ޔުނިޓްތައް ތަރައްގީކޮށް، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް […]

ޙަބަރު

މިއަދު ފެށި “އޮޕަރޭޝަން އަލިމަގު”ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން އަލިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ […]

ޙަބަރު

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެެވެ. މި ފަހުމުނާމާގައި ސޮއިކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު މުއީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި […]

ޙަބަރު

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. މިކަން ހާމަކުރައްވާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ. މިއަދު އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަން ބަލާ ފާސްކުރާ އޮޕަރޭޝަނެއް ފުލުހުން ހިންގާނެކަމަށާއި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެކަމަށް ރައީސް […]

ޙަބަރު

ކ. ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫއު ހަވާލުކުރެވުނީ ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތުގަ އެވެ. 530 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، ބަނދަރު އަދި ނެރު ފުންކޮށް، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް […]

އަޕްޑޭޓު
ޙަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށް 2،200 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީއާ ހަވާލުވެއްޖެ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 6 ވަނަ […]

ސިއްޙީ

މުޅި ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ހެދުމުގެ މަސައްކަތް ފެށޭނެކަން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހާމަކުރައްވައިފި އެވެ. ވަޒީރު މިކަން ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ، މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށް އެކަމުގެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. […]

ޙަބަރު

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ސާވިސް ލައިންތަކާއި، ޑްރެއިނޭޖް ސިސްޓަމްތައް ހަރުކުރުމާއި، ސައިޑްވޯކް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެެވެ. އަދި ސަބް ބޭސްގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، […]

ޙަބަރު

ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ހދުމަތް ދާއިމީ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. ސައުދީ އަރަބިއްޔާއަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރައްވަވާ ރަސްމީ ދަތުރުގައި އިއްޔެ ވަނީ މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާފައިއެވެ. މައްކާ ރޫޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް އެ ކޮމިޓީން ވިދާޅުވެފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ މިދިޔަ ހައްޖަކީ […]