ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ޙަބަރު

މިއަހަރުގެ ނިޔަލަށް ރާއްޖެއަށް އިތުރު 7 އެއާލައިނަކުން ފަތުރުވެރިން ގެންނާނެ: މިނިސްޓަރު އަމީން

މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އަލަށް 7 އެއާލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި, މި އެއާލައިންތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ހަނގުރާމައިގެ […]

ޙަބަރު

ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ފަހުމުނާމާ އެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެގޮތުން،މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ […]

ޙަބަރު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، މިއަހަރުގެ މާރިޗު އަދި އޭޕްރީލް މަހު ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިޔަ ނަމަވެސް، ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މިހާރު ހާލަތު ރަނގަޅުވެ، މި މަހުން ފެށިގެން ކުރިއެރުން ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ހެޔޮކޮށް، ބަދަލު ރޫޓުތައް ހަމަޖެއްސުމުން، 2026 ގެ ފަހު ކުއާޓަރުތަކުގައި ފަތުރުވެރިކަން 2025 ވަނަ […]

ޙަބަރު

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ބޭނުންވި ނަމަވެސް، އެކަމަށް އިގްތިސާދީ އަދި އޮޕަރޭޝަނަލްބޮޑެތި ގޮންޖެހުންތަކެއްއެބަހުރި ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޓިކެޓް އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބައެއް ރޫޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުމެވެ. މިނިސްޓަރު އަމީން ވިދާޅުވީ، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކޮށް، އެ […]

ޙަބަރު

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަރުހަބާ ކިޔައިފިއެވެ. އެގޮތުން، މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެމްއޭސީއެލް އިން ހާމަކުރިގޮތުގައި، މި ޝަރަފުވެރި ފަތުރުވެރިޔާއަކީ ދޯހާ އިން ފުރައިގެން ގަތަރް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިން އަށް ނިސްބަތްވާ ފަސިންޖަރެކެވެ. އެމްއޭސީއެލްއިން ވަނީ، މި މުހިއްމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި […]

އަޕްޑޭޓު
ޙަބަރު

މެދުއިރުމަތީގައި މިހާރު ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން މިއަދު އެކަނިވެސް 18 ފްލައިޓު ކެންސަލްކޮށްފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ ދެ ދާއިރާއަކުން އެ މިނިސްޓްރީގެ އަދާހަމަ ހާމަކޮށްފައެވެ. އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނަ އެއާ ކަނެކްޓިވިޓީ އޮތް އަދި އެންމެ ގިނަ ފަތުރުވެރިން، ހަބެއްގެ ގޮތުގައި މެދުއިރުމަތިން ރާއްޖެ އަންނަ ކަމަށާއި ހަނގުރާމައާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް އަސަރުކުރަމުންދާ ކަމަށެވެ. އެގޮތުން […]

ޙަބަރު

ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ދޮގުކުރައްވައިފި އެވެ. ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވުގައި ހިމެނޭ ހަނިފަރު ބޭ ކައިރީ އޮންނަ ދަރަވަންދޫ އިން އެ ސަރަހައްދާ ވަރަށް ކައިރިން އެއާޕޯޓަށް ބިން ހިއްކަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން ދޮގުކޮށް މިނިސްޓަރ ކުރެއްވި […]