ސިއްހީ

ޙަބަރު

މިއަހަރު ސިއްހީ ދާއިރާއަށް 2،000 އެއްހާ މުވައްޒަފުން ނަގަނީ!

ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އެ ދާއިރާއަށް 2،000 އެއްހާ މުވައްޒަފުން އިތުރަށް ނެގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ބާއްވާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ އެ ހޮސްޕިޓަލާ ގުޅޭ ބައެއް ޝަކުވާތައް ރައީސްއާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު، މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން […]

ޙަބަރު

މުޖުތަމައުއާ ވީހާވެސް ގާތުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގައި ނިއުރޮލޮޖީ، ގެސްޓްރޯއެންޓްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޭން ފެށި މި އައު ސުޕަރ-ސްޕެޝަލިޓީ ޚިދުމަތްތަކުގެ ސަބަބުން ނާރުގެ ބަލިތަކާއި، ކާތަކެތި ހަޖަމުކުރާ ނިޒާމުގެ ބަލިތަކުގެ އިތުރުން ކިޑްނީއާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ހުޅުމާލެއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. […]

އަޕްޑޭޓު
ޙަބަރު

އޮފީހަށް ނިކުންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާ ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެތީ، ކޮންމެ މީހެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވެ ސަމާލުކަން ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ބޭއްވި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ސިވިލް ސަރވިސް ކޮމިޝަނުގެ […]

ޙަބަރު

ޒުވާން ފާމަސިސްޓުން ތަމްރީނުކުރުމާއި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސްޓޭޓްފާމާ އިން ވިލާ ކޮލެޖާ އެކު މަޝްވަރާކޮށްފިއެވެ. މީގެ އިތުރުން، މިހާރު މި ދާއިރާގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި، ވިލާ ކޮލެޖާ ގުޅިގެން ހާއްސަ ރިފްރެޝަރ ކޯސްތަކެއް ހިންގުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓްފާމާ އިން ހާމަކުރި ގޮތުގައި، ދިވެހި ޒުވާނުން ބިނާކުރުމަށާއި އެފަރާތްތަކަށް ކުރިއަށްދިއުމުގެ މަގުތައް ތަނަވަސްކޮށްދިނުމަށް ކުންފުނީގެ ދޮރުތައް އަބަދުވެސް […]

ޙަބަރު

ނިމިދިޔަ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ނުގެންގޮސް ހުއްޓިފައިވާ ސިއްހީ ދާއިރާގެ މަޝްރޫތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން، ދައުލަތުން އެޑްވާންސްގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށްނުދިއުމުގެ ސަބަބުން […]

ޙަބަރު

އާސަންދަ ކުންފުނިން ރާއްޖޭގެ 8 އަތޮޅެއްގައި އާ ސަރވިސް ކައުންޓަރުތަކެއް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. އާސަންދަ ކޮމްޕެނީ ލިމިޓްޑް އިން ހާމަކުރި ގޮތުގައި،މި ލާމަރުކަޒީ މަސައްކަތުގެ ދަށުން އަލަށް ކައުންޓަރުތައް ގާއިމުކޮށްފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، އަދި ޏ. ފުވައްމުލައް ސިޓީގައެވެ. އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި، މި ކައުންޓަރުތަކުން ބޭސްފަރުވާގެ އެހީއަށް އެދި ފޯމު ހުށަހެޅުމާއި، ސްކީމާ […]

ޙަބަރު

ފާެއިތުވި ހަފުތާގައި، ހިމަބިހީގެ އިތުރު 23 ކޭސް ފެނުމާއެކު ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު 144 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މީގެ ކުރީ ހަފްތާގައި 55 ކޭސް ފެނުމަށްފަހު، ވޭތުވެދިޔަ ހަފްތާގައި އަލަށް ފެނުނު މި 23 ކޭހާއެކު ބަލި ފެތުރޭ ދުވެލި ވަނީ ކުރިއަށްވުރެ ކުޑަކޮށް މަޑުޖެހިލާފައެވެ. ނަމަވެސް ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ބޮޑުކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭ އިން މައުލޫމާތު ދިން […]

އަޕްޑޭޓު
ޙަބަރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ރީޓެއިލް ފާމަސީތަކެއް، ސަރުކާރުގެ އައު ބޭސް ކުންފުނި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް” (ސްޓޭޓް ފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. ސްޓޭޓް ފާމާ އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެކުންފުނީގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ހިދުމަތް އތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން […]

އަޕްޑޭޓު
ޙަބަރު

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު 5 މީހަކު ފެނިއްޖެއެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، މި އާ ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ޖުމްލަ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ.އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށްވެސް […]

އަޕްޑޭޓު
ޙަބަރު

އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމަށް މާލެ ސަރަޙައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ހިދުމަތް ދޭން ފަށައިފި އެވެ. މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. އައިޖީއެމްއެޗުން ބުނީ މެޑިކަލް ސެންޓަރުން ސިއްހީ އާންމު މައުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ. މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި […]

ޙަބަރު

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް ކަވަރު ނުކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން […]

ސިއްޙީ

މުޅި ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ހެދުމުގެ މަސައްކަތް ފެށޭނެކަން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހާމަކުރައްވައިފި އެވެ. ވަޒީރު މިކަން ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ، މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށް އެކަމުގެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. […]

ސިއްހީ — ހިރިޔާ