އެލްނީނޯގެ ސަބަބުން ކުރިއަށް އޮތީ ހޫނުގަދަ ދުވަސްތަކެއް: މެޓް
އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ ހޫނުމިން އާދަޔާޚިލާފަށް މަތިވެ “އެލްނީނޯ” ހާލަތު ވަރަށް ބޮޑަށް ބާރުގަދަވަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އޭގެ ނޭދެވޭ އަސަރުތައް ކުރިމަތިވެ ހޫނުގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސީ.ޕީ.ސީ) ގެ ހިސާބުތަކުން ދައްކާގޮތުގައި ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ހޫނުމިން މިހާރު ވަނީ އާންމު މިންގަނޑަށްވުރެ 1.8 އިން ފެށިގެން 2.0 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. ޖައްވާއި ކަނޑުގެ ހޫނުމިން މިހާ ބޮޑަށް […]

