ދަރިވަރުންގެ ކާމިޔާބީ އަކީ ހަމައެކަނި އިމްތިހާނުގެ ނަތީޖާއެއް ނޫން: ނައިބު ރައީސް
ހަރުދަނާ ތައުލީމީ ސިސްޓަމެއް ގާއިމްކުރުމަށްޓަކައި، ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ބަލާ މިންގަނޑަކީ އިމްތިހާނުތަކުންލިބޭ ނަތީޖާއަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް ބޭއްވި ހާއް ކޮންފަރެންސެއްގެ ޝަރަފުވެރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނަކީ ސިނާއަތްތަކާއި، އީޖާދީ ވިސްނުންތަކާއި، ވިލުންތެރި އިގްތިސާދެއް ގާއިމްކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން […]




