ދިވެހި ގައުމިއްޔަތު އޭގެ ހަގީގީ މަގާމަށް ރުޖޫއަކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން:މިނިސްޓަރު ހީނާ
ދިވެހި ގައުމިއްޔަތާއި އަމިއްލަވަންތަކަން އޭގެ ހަގީގީ މަގާމަށް ރުޖޫއަކޮށް، އާލާކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިފަދައިން ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. މި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން، ދަރުމަވަންތަ ރަސްގެފާނު ރާއްޖޭގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ ރާއްޖޭގެ ދިގު ތާރީހުގައި އެންމެ މުހިންމު […]


