އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: މިނިސްޓަރު އަމީން
ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ބޭނުންވި ނަމަވެސް، އެކަމަށް އިގްތިސާދީ އަދި އޮޕަރޭޝަނަލްބޮޑެތި ގޮންޖެހުންތަކެއްއެބަހުރި ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޓިކެޓް އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބައެއް ރޫޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުމެވެ. މިނިސްޓަރު އަމީން ވިދާޅުވީ، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކޮށް، އެ […]



