ޓީޖީއެސްޓީ އާމްދަނީ މައްޗަށް؛ ސަބްސިޑީގެ ޚަރަދުތައް އިތުރުވެއްޖެ!
ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބި އާމްދަނީ އިތުރުވެފައިވާއިރު، ކައުންސިލް ގްރާންޓާއި ސަބްސިޑީއަށް ކުރާ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. ދައުލަތަށް ފާއިތުވި ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. މިއަހަރުގެ މިހާތަނަށް ލިބުނު ޓީޖީއެސްޓީގެ މިންވަރު ވަނީ، ކުރީ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 475 މިލިއަން ރުފިޔާ (7.7 އިންސައްތަ) އިތުރުވެފައެވެ. މީގެއިތުރުން، […]


