މާލޭ ސިޓީ ކައުންސިލް

ޙަބަރު

މީޑިއާ ޓީމު އޮއްވައި އިތުރު ބޮޑެތި ހަރަދުތަކެއް ކުރާތީ މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔުން!

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގެ އަސާސީ މުސާރައަށް މަހަކު ބޮޑު ހޭދައެއް ކުރަމުންދާއިރުވެސް، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން ޕްރެޒެންޓޭޝަންތަކަށް ބޮޑެތި ހަރަދުތަކެއް ހޭދަކޮށްފައިވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގައި ހިމެނޭ ދެ މީޑިއާ ކޯޑިނޭޓަރަށް 15،000 ރުފިޔާ، ކެމެރާމަނަށް 15،000 ރުފިޔާ އަދި ގްރެފިކްސް […]

ޙަބަރު

މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ދެ ރައްޔިތުންގެ ބައްދަލުވުމަކަށް ޖުމްލަ 1.15 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރް.ޓީ.އައި) ގެ ދަށުން ހާމަވި ތަފްޞީލުތަކުން އެނގިއްޖެއެވެ. ކުރީގެ މޭޔަރު ކެންޑިޑޭޓް އަޙްމަދު އައިހަމް ހުށަހެޅި އާރް.ޓީ.އައި އެޕްލިކޭޝަނެއްގެ ޖަވާބުގައި ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ މަހުގެ ބައްދަލުވުމަށް 567,839.34 ރުފިޔާ އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585,137.34 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މަދު ގަޑިއިރުކޮޅަކަށް ދެމިގެންދިޔަ މި […]

ޙަބަރު

މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 116 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތުމުން ވެމްކޯގެ މާލީ ދެމެހެއްޓެނިވިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މައްސަލަ ހުށަހަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީވެގެން ޚިދުމަތް ހޯދުމަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، 2024 އިން ފެށިގެން ހޯދާފައިވާ ޚިދުމަތްތަކަށް ސިޓީ ކައުންސިލުން […]

ޙަބަރު

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި މަޝްރޫއު، އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ ހުރިހާ މެންބަރުންގެ ފާސްވުމާއެކު މިހާރު […]

އަޕްޑޭޓު
ޙަބަރު

މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ. މާލޭގެ އިމާރާތްތަކުގައި ހުންނަ އޭސީ އަދި ދިޔަދޮވި ހޮޅިތަކުން މަގުތަކަށާއި ޕޭމަންޓްތަކަށް ފެންފައިބާތީ، ހިނގާ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ. މިފަދަ މައްސަލަތައް އިސްލާހުކުރުމަށް މީގެ ކުރިން ވެސް ކައުންސިލުން ތަކުރާރުކޮށް އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން، މިފަދަ ކަންކަން ފާހަގަކުރެވޭނަމަ، އެ ތަނެއްގެ […]

އަޕްޑޭޓު
ޙަބަރު

ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިއަހަރުގެ މާޗު މަހުގެ 23 ގައި ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ […]

ޙަބަރު

މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކޮއްކޮއަކަށް ވިލިނގިލިން ބިމެއް ދީ، ޕްރޮޖެކްޓެއް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއް ސިޓީ ކައުންސިލްގެ މޭޒަށް މިއަދު ހުށަހަޅައިފި އެވެ. މި މައްސަލަ ހުށައަޅާފައިވަނީ، ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ އެވެ. މި މައްސަލަ ހުށައަޅައި މޭޔަރު އާޒިމަށް ނަހުލާ ފޮނުއްވި ސިޓީއެއްގައި ވަނީ، މިމައްސަލަ މިމަހުގެ 10 ވަނަ ދުވަހު އޮންނަ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކޮށްދިނުމަށް އެދިފަ އެވެ. ނަހުލާ ތުހުމަތުކުރާ ގޮތުގައި ވިލިމާލޭގައި ގާއިމްކުރުމަށް ކައުންސިލުން ނިންމާފައިވާ ‘ވިމެންސް […]

ޙަބަރު

މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލްތައް ޕާކުކުރަން ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތައް ކެންސަލްކޮށް، އެތަންތަނުގައި އާންމުންނަށް ޕާކްކުރެވޭ ގޮތް ހަދައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންގއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއްނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާކަމަށް ބުނެ، އެކަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، […]

މާލޭ ސިޓީ ކައުންސިލް — ހިރިޔާ