ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ އުސޫލާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާއެއްް!
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަލަށް އެކުލަވާލައި ޢާންމުކުރި “ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު” ގެ ދަށުން، އިންސްޕެކްޓަރަކު އުސޫލާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކުރަން ކަނޑައަޅައިފިއެވެ. މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރުން ކުރާ ގަވާއިދާ ޚިލާފު ޢަމަލުތަކަށް ފިޔަވަޅު އަޅާނީ ތަކުރާރުވާ ނިސްބަތަށް ބަލައި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5,000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރު 10,000 ރުފިޔާ، ތިންވަނަ ފަހަރު 25,000 ރުފިޔާ، […]



