އެމްއެންޔޫ

ޙަބަރު

ޢިލްމާއި ޝައުޤުވެރިކަން ގުޅިލާމެހުމަކީ ހަޤީޤީ އީޖާދެއްގެ ފެށުން: މެޑަމް ސާޖިދާ

ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް ހުންނަ ޝައުޤުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުން ކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ އޭގެއިން އާންމު ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބިގެންދާނެ ކަންކަން އެކުލެވިގެންވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މެޑަމް ސާޖިދާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކުރިން […]

ޙަބަރު

އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އުފެއްދި “އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް” (އެއިމް) ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ. އެގޮތުން، މި ރަސްމިއްޔާތުގެ ތެރެއިން، އެ އިންސްޓިޓިއުޓުން ހިންގި ފުރަތަމަ ކޯހުގެ ދަރިވަރުން ދަސްވެނިވެ، އެ ކުދިންނަށް ސަނަދުތައް ވަނީ ޙަވާލުކޮށްފައެވެ.ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީވެސްް ބައިވެރިވެވަޑައިގެންނެވިއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި […]

ޙަބަރު

ފާމަސީ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކޮށް، ދާއިރާގެ ކުރިއެރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާ ގުޅިގެން ސްޓޭޓްފާމާއިން މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ދާއިރާއިން ދިވެހިން ތަމްރީނުކުރުމާއި ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓްފާމާއިން ފާހަގަކުރި ގޮތުގައި، މި ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިން މަދެވެ. މި މައްސަލައާ ގުޅިގެން، ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދާއިރާއިން […]