އީސީ

ޙަބަރު

އީސީގެ މެންބަރުކަމަަށް ޝަކީލު އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްފާޟިލް މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ރައީސް ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ. ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) […]

ޙަބަރު

ދ. މީދޫ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ސުހާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ 529 ވޯޓުންނެވެ.އޭނާއާ ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓުވެ. ސުހާ މި ގޮނޑި ކާމިޔާބު ކުރެއްވީ 80 ވޯޓުގެ ތަފާތަކުންނެވެ. މި […]

އަޕްޑޭޓު
ޙަބަރު

ނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވައިިފިއެވެ. ކެންޑިޑޭޓުންނާއި ނަންބަރުތައް: ކެންޑިޑޭޓް ނަންބަރު 1: އަހްމަދު ސައީދު (ސޮޑާ) – ޕީޕަލްސް ނެޝަނަލް ކޮންގްރެސް ކެންޑިޑޭޓް ނަންބަރު 2: އަބްދުﷲ ސޯދިގު (ސޯބެ) – މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން ނިންމާލާފައިވާއިރު، މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ތާވަލުކޮށްފައިވަނީ 6 […]